ފަހުގެ ޚަބަރު


އިތުރަށް...

ލ.މާވަށުގައި މިސްކިތެއް ޢިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިޢުލާނުކޮށްފި

ލިޔުނީ: Unknown - Wednesday, September 11, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދިލެއްވުމުގެ މަތިން، ލ.މާވަށުގައި މިސްކިތެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)13-K/13/2013/148) އިޢުލާނަށް ހުށަހަޅާފައިވާ ބީލަން ފުރިހަމަ ނުވާތީ، ހުށަހަޅާފައިވާ ބީލަން ބާޠިލުކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލައިފިއެވެ. މި މިސްކިތް ޢިމާރާތް ކުރުމަށް ޚަރަދުކުރަން ހަމަޖެހިފައިވަނީ ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

 ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/40,000ރ (ސާޅީސްހާސް ރުފިޔާ)  ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ގެޒެޓްކޮށްފައިވާ އިޢުލާނުގައި ބުނެއެވެ.  ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 118 ދުވަސްކަމަށާއި  ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 ކަމަށް އެ އިޢުލާނުގައި ބުނެއެވެ. އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެކަމަށްވެސް ފިނޭންސުން ބުނެއެވެ.

 ބީލަންފޮތަށް ފައިސާ ބަލައިގަތުން އޮންނާނީ 12 ސެޕްޓެންބަރު 2013 އިން 23 ސެޕްޓެންބަރު 2013 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތެއްގެ އަގަކީ -/500 (ފައްސަތޭކަ) ރުފިޔާ އެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

 މި ޕްރޮޖެކްޓްތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 24 ސެޕްޓެންބަރު 2013 ވާ އަންގާރަ ދުވަހުގެ 11:00ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑް ހުޅުވުން އޮންނާނީ 02 އޮކްޓޫބަރު 2013ވާ ބުދަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެކަމަށް އިޢުލާނުގައި ވެއެވެ.

މި މިސްކިތަކީ މިދިޔަ އަހަރު މާވަށުގައި ބިނާކުރާނެކަމަށް މިހާރު މި އޮތް ސަރުކާރުން ބުނެފައިވާ މިސްކިތެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް