ފަހުގެ ޚަބަރު


އިތުރަށް...

އިލްޔާސް އިބުރާހިމް އެމްޑީޕީއަށް ތާއީދު ކުރައްވާކަން ޔަޤީން ކުރެވިއްޖެ

ލިޔުނީ: Unknown - Thursday, September 12, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމް ގެ ޅިއަނު އިލްޔާސް އިބުރާހިމް ހުންނެވީ އެމްޑީޕީއަށް ތާއީދުކޮށްގެން ކަމަށް “އެމްވީ ޓައިމްސް” އަށް ކަށަވަރު ކުރެވިއްޖެ ކަމަށް އެ ނޫހުން ބުނެފިއެވެ.

އިލްޔާސްގެ ގާތް ބޭފުޅަކު ޓައިމްސް އަށް ވިދާޅުވަކަމަށް އެމްވީ ޓައިމްސްގައި ވަނީ އިލިޔާސް ފުރުތަމަ ބުރުގައި ވެސް ޔާމީނަށް ތާއީދު ނުކުރައްވާ ކަމަށާއި، ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ތާއީދު ކުރައްވަން ނިންމެވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިލްޔާސް ތާއީދު ކުރެއްވި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓު ދެވަނަބުރަށް ހޮވި ވަޑައިނުގަތުމުން ކަމަށެވެ.

“އިލިޔާސް އެއްގޮތަކަށް ވެސް ހިތްހަމަޖެހިވަޑައެއް ނުގަންނަވާ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވައި ކޯޓަށް ވަޑައިގަންނަވާކަށް. އިލެކްޝަންސް ކޮމިޝަނުގެ ނަތީޖާ ޤަބޫލު ކުރައްވާން ޖެހިވަޑައިގަންނަވާނެ ކަމަށް އިލްޔާސް ވިދާޅުވެ މިހާރު ޖުމްހޫރީ ޕާޓީގެ ޖަލްސާތަކަށް ވެސް ވަޑައިނުގަންނަވާ.”

އޭނާ ވިދާޅުވީ، އިލްޔާސް އެމްޑީޕީގެ ކެންޕޭނުގައި ޢަމަލީގޮތުން އަދި ބައިވެރިވެ ވަޑައިނުގެންނެވި ނަމަވެސް އަވަސް މުއްދަތެއްގެ ތެރޭގައި އެމްޑީޕީގެ ޖަލްސާތަކުން ފެނިގެންދާނެ ކަމަށެވެ. އަދި މިހާރު ވެސް ޒާތީ ގޮތުން ރައީސް ނަޝީދަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއްޔެގެ ވަގުތެއްގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ޓްވިޓަރ އެކައުންޓު މެދުވެރިކުރައްވައި އިލްޔާސް އެމްޑީޕީއަށް ތާއީދު ކުރައްވަން ނިންމެވިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. މިކަމާ ގުޅިގެން ޕީޕީއެމުން ބުނެފައިވަނީ އިލިޔާސް އެމްޑީޕީއާއި ނުގުޅޭ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް އިލިޔާސް ޕީޕީއެމަށް ތާއީދެއް ނުކުރައްވަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް