ފަހުގެ ޚަބަރު


އިތުރަށް...

ޑީއާރްޕީން އެމްޑީޕީއަށް ތާއީދުކުރަން ނިންމައިފި

ލިޔުނީ: Unknown - Thursday, September 12, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން އެމްޑީޕީއަށް ތާއިދުކުރަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޑީއާރްޕީގެ 12 ކައުންސިލް މެމްބަރަކު އެމްޑީޕީއަށް، 3 މެމްބަރަކު ޕީޕީއެމަށް އަދި 8 މެމްބަރަކު ވަކި ކޮޅަކަށް ނުޖެހުމަށް ނިންމާފައިވެއެވެ.

ފުރަތަމަ ބުރުގައި ރައީސް މުހައްމަދު ވަހީދާ އެކު ނުކުތް ޑީއާރުޕީގެ ކައުންސިލުން މި ގޮތަށް ނިންމީ 12 މެމްބަރުންގެ ވޯޓުންނެވެ.

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވިގޮތުގައި ވަކި ކޮޅަކަށް ނުޖެހޭ އަށް މެމްބަރުން ތިބި އިރު ޕީޕީއެމަށް ތާއީދުކުރުމަށް ތިން މެމްބަރަކު ވޯޓު ދެއްވި އެވެ. އަހުމަދު ވިދާޅުވިގޮތުގައި އޭނާ ގުޅިވަޑައިގަންނަވާނީ ޕީޕީއެމްގެ ކެމްޕެއިނާ އެވެ.

ނަޝީދުގެ ލީޑަޝިޕްގައި ޑީއާރުޕީން އެމްޑީޕީއާ ކޯލިޝަން ހަދާ ނަމަ ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާދެއްވާނެ ކަމަށް ލީޑަރު ތަސްމީން އަލީ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ކައުންސިލްގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ތަސްމީން ނުސީދާ ގޮތަކަށް ވިދާޅުވީ ކުރިން ވިދާޅުވި ބަހުގައި ހިފެހެއްޓުމަށް ވުރެ މުހިއްމީ ގައުމީ މަސްލަހަތާ އެކު ކުރިއަށް ދިއުން ކަމަށެވެ. ނޫސްވެރިން ސުވާލުކުރުމުގެ ފުރުސަތެއް އޭނާ ނުދެއްވި އެވެ.

ޑީއާރްޕީގެ ކައުންސިލް މެމްބަރު އަދި ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމްވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މީގެއިތުރުން، ޑީއާރްޕީގެ މެމްބަރުންވެސް ގެންދަވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި އެޕާޓީގެ ޝިއާރު 'ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް' ޓުވީޓްކުރައްވާ، އެކެމްޕޭނާއި ގުޅިވަޑައިގެންފައިވާކަން ސޯޝަލް މީޑިޔާގައި އިއުލާންކުރައްވަމުންނެވެ.

އެމްޑީޕީއަށް ތާއީދުކުރުމަށް ޑީއާރްޕީން ނިންމާފައިވުމުން، އެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު މަރުޚަބާ ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު ކުރައްވާފައިވާ ޓުވީޓްގައި ވިދާޅުވެފައިވަނީ "ޑީއާރްޕީން އަޅުގަނޑުމެނަށް ތާއީދުކުރުމަށް ނިންމާފައިވާ ނިންމެވުމަށް އަޅުގަނޑުމެން ޝުކުރާއެކު މަރުޚަބާ ދަންނަވަން" މިހެންނެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއީދުކުރުމަށް ޑީއާރްޕީގެ ކައުންސިލްގެ މެޖޯރިޓީން ނިންމާފައިވުމުން، އެކަމަށް އެމްޑީޕީގެ މެމްބަރުންދަނީ މަރުޚަބާ ކިޔަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް