ފަހުގެ ޚަބަރު


އިތުރަށް...

އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ ރާއްޖެ އަތުވެއްޖެ

ލިޔުނީ: Unknown - Friday, September 20, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ ރާއްޖެއަށް އަތުވެއްޖެއެވެ.
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ މިއަދު ރާއްޖެ އައިސްފައިވާ ކަމަށް ރާއްޖެ ޑޮޓްއެމްވީއަށް ޔަގީންވެފައިވާއިރު މަރަޑޯނާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފެނުނު ބަޔެއް ދިވެހިން މިއަދު ބުނީ އެއާޕޯޓުން ހާއްސަ ލޯންޗެއްގައި މަރަޑޯނާ ދިޔަ އިރު ވަރަށް ގިނަ ބަޔަކު އޭނާ ސަލާމްކުރުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި ބަޔެއް ފަރާތްތަކުން ޕޮޓޯ ނަގާފައިވާ ކަމަށެވެ.
ޗުއްޓީއެއް ހޭދަކޮށްލުމަށް ހެނދުނު އެމިރޭޓްސް ފްލައިޓްގައި މަރަޑޯނާ ރާއްޖެ އައިސްފައިވާއިރު އޭނާގެ ރާއްޖޭގައި ހޭދަކުރާ އެއް ހަފްތާގެ ޗުއްޓީއަށް އެއްވެސް ނޭދެވޭ އަސަރެއް ކުރިޔަ ނުދިނުމަށް ޓަކައި ޗުއްޓީގެ އެންމެހާ ކަންތައްތައް ވަނީ ސިއްރު ކުރެވިފަ އެވެ.
މިވަގުތު ރާއްޖޭގައި ހުރި މަރަޑޯނާ އަކީ ދުނިޔޭގަ އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް 91 މެޗު ކުޅެ 31 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި ކްލަބް ލެވެލްގައި އޭނާ ކުޅެފައިވާ ކްލަބްތަކުގެ ތެރޭގައި އާޖެންޓީނޯ ޖޫނިއާސް، ނެވެލްސް އޯލްޑް ބޯއީސް، ބޮކަ ޖޫނިއާސް، ސްޕެއިންގެ ބާސެލޯނާ، ސެވިއްޔާ، އިޓަލީގެ ނަޕޯލީ ހިމެނެ އެވެ.
އުމުރުން 56 އަހަރުގެ މަރަޑޯނާ އަކީ އާޖެންޓީނާގެ ފުޓްބޯޅަ ބަތޮލެއްގެ ދަރަޖަ ދެވިފައިވާ ފަރާތެކެވެ. އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗްކަން ވެސް ކޮށްފައިވާ މަރަޑޯނާ ވަނީ ފީފާއިން ހޮވި 20 ވަނަ ގަރުނުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.
މަރަޑޯނާގެ ކާމިޔާބު ފުޓްބޯޅަ ހަޔާތް ނިމުމަކަށް އައީ އިޓަލީގައި ކުޅެން އުޅުނު ދުވަސްވަރު، މަސްތުވާ ތަކެތީގެ ބޭނުން ކުރުމާއި އަހުލާގީ ގޮތުން ދައްފެންވަރުގެ ކަންތައްތަކެއްގެ ތެރެއަށް ވަނުމުގެ ސަބަބުންނެވެ. އެއަށް ފަހު މަސްތުވާ ތަކެތީން ސަލާމަތްވުމަށް މަރަޑޯނާ ވަނީ ގިނަ އަހަރުތަކެއް ކިޔުބާގައި ހޭދަކޮށްފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް