ފަހުގެ ޚަބަރު


އިތުރަށް...

ރައީސް މައުމޫނާއި އިމްރާން ބައްދަލުކުރައްވައިފި

ލިޔުނީ: Unknown - Saturday, September 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޕީޕީއެމްގެ ޒައީމް މައުމޫނު އަބްދުލްގައްޔޫމައި, އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައްދަލުކުރައްވައިފި އެވެ.

އިމްރާން ރައީސް މައުމޫނާއި ބައްދަލު ކުރައްވާފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަދާލަތު ޕާޓީން ޕީޕީއެމާއި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަށެވެ.

މީގެ ކުރިންވެސް އިމްރާން ވަނީ ޕީޕީއެމާއިމކޯލިޝަން ހަދަން ތައްޔާރަށް އޮރްކަމަށް ވިދާޅުވެފަ އެވެ.

އަދާލަތު ޕާޓީން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކޮށްފައިވަނީ އެމްޑީޕީއަށެވެ. މިއަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ފުރަތަމަ ތާއީދު ކުރީ ރައީސް މުހައްމަދު ވަހީދަށެވެ. އޭގެފަހުން, ގާސިމް އިބުރާހިމަށެވެ.

އިމްރާން މައުމޫނާއި ބައްދަލުކުރައްވާފައިވާއިރު, އިއްޔެރޭގެ ވަގުތެއްގައި ރައީސް މުހައްމަދު ނަޝީދު ވަނީ ގާސިމް އިބުރާހިމާއި ބައްދަލު ކުރައްވާފަ އެވެ. އަދި އަދާލަތުން ވަނީ ޖުމްހޫރީ ޕާޓީން ރައީސް ނަޝީދަށް ތާއީދު ކޮށްފިނަމަ ޖުމްހޫރީ ކޯލިޝަނުން ވަކިވާނެކަމުގެ އިންޒާރު ދީފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް