ފަހުގެ ޚަބަރު


އިތުރަށް...

އަދުރޭ އަށާއި ހިސްޓޯ އަށް އަނިޔާވެއްޖެ

ލިޔުނީ: Unknown - Monday, September 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް އިއްޔެއާއި ރޭ ބާއްވަން މަސައްކަތް ކުރި ނަމަވެސް މެމްބަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ބައެއް މެންބަރުންނަށް އަނިޔާވެއްޖެއެވެ..

އެގޮތުން އިއްޔެ ހެނދުނު ބާއްވަން އުޅުނު ޖަލްސާ ކުރިއަށް ނުގެންދެވުމަށް އެންމެ ބޮޑަށް ހުރަސް އެޅުއްވި ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުލް ރަހީމް އަބުދުﷲ (އަދުރޭ) އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ)އަށް ރޭ ބޭއްވި ޖަލްސާގައި ވަނީ އަނިޔާވެފައެވެ.

ޝިފާޤުގެ އަތް ހަލާކުވެ އަތުން ލޭ އަންނަތަން ފެނިފައިވާއިރު އަބުދުލް ރަހީމް އަބުދުﷲ އަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަނެއް ލިބިގެން ރޭ މި ދެބޭފުޅުންނަށްވެސް އޭޑީކޭގައި ފަރުވާ ދީފައިވެއެވެ.

އަބްދުއް ރަހީމަށް ހަމަލަދިނީ މަޑަވެލީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ކަމަށް ވިލިމާފަންނު ދާއިރާގެ ނިހާން ހުސެއިން މަނިކު ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ މަޖިލީހުން ނުކުންނެވީ އަބްދުލް ރަޙީމާއި ސަލާމް ކުރައްވާފައިވާ ކަމަށާއި އޭނާ މޭޒުމަތިން ފުއްމާލަން މަސައްކަތް ކުރުމުން ސަލާމަތް ކުރެއްވީވެސް ނާޒިމް ކަމަށެވެ. 

ޝިފާގު މުފީދުގެ އަތުން ލޭ އަންނަ މަންޒަރެއް ޢާއްމުވެފައިވާއިރު އެފްއޭއެމް ގެ ރައީސްކަން ކުރައްވާ އިލްހާމު އަޙުމަދު، ކަޓަރަކުން މަޖިލިސްގެ ބައެއް ކޭބަލްތައް ބުރިކުރާ ވީޑިއޯއެއްވެސް ވަނީ ޢާއްމުވެފައެވެ.

އިއްޔެގެ ޖަލްސާ ކުރިޔަށްގެންދަން މަސައްކަތްކުރިއިރު ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ވަނީ މަޖިލީހުގެ ރައީސްގެ މަންމާފުޅާ މުޚާޠަބުކޮށް އަވަގުރާނަ ގޮވާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް