ފަހުގެ ޚަބަރު


އިތުރަށް...

އަފްރާޝީމް އަވަހާރަކޮށްލުމާ ބެހޭގޮތުން ނުދައްކާ ވާހަކަތައް!

ލިޔުނީ: Unknown - Monday, September 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޑރ. އަފްރާޝީމްގެ ޖަނާޒާގައި  އަބްދުﷲ ރިޔާޒު އަދި  މުހައްމަދު ނާޒިމް ހުނުމާއި ސަކަރާތް ޖެހުމުގައިފޮޓޯ: ސަން
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވަނިކޮށް މަރުހޫމް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރި ތަހުގީގުގައި ހާމަނުކުރާ ވާހަކަތައް ކަމަށް ބުނެ ވާހަކަތަކެއް ލީކުކޮށްލައިފިއެވެ.

ސޯޝަލް މީޑިޔާގައި ވަރަށް ބާރަށް ފެތުރެމުންދާ މި ވާހަކަތަކުގައި ވަނީ ވަރަށް ގިނަ ޕޮއިންޓު ތަކެއް ހިމަނާފައެވެ. އެގޮތުން އަފްރާޝީމް އަވަހާރަކޮށްލުމުގެ ދެ މަސް ކުރިން ޕީޕީއެމްގެ ފަރާތުން ރިޔާސީ ޕްރައިމަރީގައި ވާދަކުރެވުމަށް ޝައުގުވެރިވާކަމަށް އަފްރާޝީމް ޕީޕީއެމްގެ ޒައީމް މައުމޫން އަބްދުލް ޤައްޔޫމްގެ އަރިހު ދެންނެވި ކަމަށް ލީކުވެފައިވާ ވާހަކަތަކުގައިވެއެވެ. 

މީގެ އިތުރުން، އަފްރާޝީމް އަވަހާރަކޮށްލުމުގެ 2 ދުވަސް ކުރިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ފުލުހުންގެ ހެޑު ކުއާޓާރގައި ބައްދަލުކުރި ކަމާއި އެ ބައްދަލުވުމަށް އަނާން (އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ދޮގު ހެކިދިނުމުން ހުކުން ކުރެވުނު ކުއްޖާ) ބައިވެރިވި ވާހަކަ ހިމެނެއެވެ.

މީގެ އިތުރުން ލީކުވެފައިވާ ބައެއް އިތުރު ވާހަކަތަކަކީ، އަފްރާޝީމްގެ ކުށްތަކަށް ތައުބާވާން އަދާލަތު ޕާޓީގެ ރައީސް އަފްރާޝީމަށް ގުޅުމަށްފަހު އެދުނު ވާހަކައާއި އަފްރާޝިމް އަވަހާރަކޮށްލެވުމަށްފަހު މީޑިޔާގައި އަހުމަދު މަހުލޫފު ޓީވީގައި އަފްރާޝީމްއަކީ އެމަނިކުފާނުގެ ވަރަށް ގާތް ބޭފުޅެއްކަމަށާއި، އަފްރާޝީމް އަވަހާރަކޮށްލާފައި އޮތްވާ ފެނިގެން އެމަނިކުފާނު އަނބިކަނބަލުން ފުލުހުންނަށް ގުޅުމުގެ ކުރިން އަފްރާޝީމްގެ ފޯނުން މަހުލޫފަށް ގުޅިކަމަށް ވިދާޅުވި ވާހަކަ ހިމެނެއެވެ. އެހެން ނަމަވެސް ފުލުހުން ސީނަށް ދިޔައިރު އަފްރާޝީމްގެ ފޯނު ހަލާކުކޮށްލާފައި އޮތްކަމަށް ފުލުހުން ބުނެއެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް އަހަރެއްވާން ހަފްތާއަކަށް ވެފައިވާއިރު އަދި އެމައްސަލައަށް އިންސާފު ހޯދިފައެއް ނުވެއެވެ. އެމައްސަލާގައި ތުހުމަތު ކުރެވޭ ބައެއް ފަރާތްތަށް މިހާރުވެސް މިނިވަން ކަމާއެކު އުޅެމުންދާކަމީ ފުލުހުން ހިންގި އެންމެ ބޮޑު ތަހުގީގާ މެދު ސުވާލު އުފެދޭ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް