ފަހުގެ ޚަބަރު


އިތުރަށް...

ކުރަންޖެހިއްޖެ ކޮންމެ ކަމެއްކުރުމަށް މަޖިލިސް ހުޅުވަން އެދެފިން - އިބޫ

ލިޔުނީ: Unknown - Wednesday, September 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
7 ސެޕްޓެމްބަރުގައި ބޭއްވި އިންތިޚާބަށްފަހު ޤާނޫނު އަސާސީ އާއި ދުސްތޫރީ ހަމަތަށް މުޤުރާލުމަށް ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރައްވަމުން އަންނާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕް ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕްގެ ބައްދަލުވުމަކަށްފަހު، މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަޖިލިސް ޖަލްސާއެއް ބޭއްވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، އަދި މިކަމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް މިހާރު ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

7 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބަށްފަހު ޤާނޫނު އަސާސީ އާއި ދުސްތޫރީ ހަމަތަކާއި ޚިލާފު އަދި ޑިމޮކްރެސީ އާއި ބީރައްޓެހި އަމަލްތަކެއް ބައެއް ސިޔާސީވެރިން އިސްވެ ތިއްބަވައިގެން ކުރައްވަމުން އަންނަ މަންޒަރު ފެންނަމުން އަންނަ ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތްނަމަވެސް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ނިންމަންޖެހޭ ނިންމުންތަށް ނިންމުމަށްޓަކާ މަޖިލީހުގެ ބައްދަލުވުންތަށް ކުރިއަށް ގެންދަންޖެހޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތާއި ދައުލަތުގެ މުއައްސަސާތަށް ޒިންމާދާރުކުރުމަށްޓަކާ ކުރަންޖެހޭ ކަންތަށްތަށް ކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހާއި ހަވާލުކޮށްފައި ކަމަށާއި، ޤައުމުގެ އަނދަވަޅަކަށް ވެއްޓެމުންދާ ދަނޑިވަޅެއްގައި ހަނުހިމޭނުން މަޑުން ތިބުމަކީ ކުރެވޭނެ ކަމެއް ކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށެވެ.

ދައުލަތުގެ މުއައްސަސާތަކާއި އިދިކޮޅަށް ދައުލަތުގެ ބަންޑާރަނައިބް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕްއިން ފާހަގަކުރާ ކަމެއް ކަމަށާއި، ބަންޑާރަނައިބްގެ މިފަދަ އަމަލްތަށް ހުއްޓުވުމަށްޓަކާ މަޖިލިސް ތެރެއިން ކުރެވޭނެ މަސައްކަތްތަށް އެބަހުރި ކަމަށާއި، އެ މަސައްކަތްތަށް މަޖިލިސް ތެރެއިން ކުރައްވާނެ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް