ފަހުގެ ޚަބަރު


އިތުރަށް...

ކޯޓުން ނިންމާ ގޮތަކަށް މިތިބީ ކުރިއަށްދާން: ޕީޕީއެމް

ލިޔުނީ: Unknown - Wednesday, September 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ނިންމާ ކޮންމެ ގޮތަކަށް ކުރިއަށް ދިއުމަށް ޕީޕީއެމް ތައްޔާރަށް އޮތްކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

ޕީޕީއެމް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "ކޯޓުން ނިންމާ ކޮންމެ ގޮތަކާ އެކު ކުރިއަށްދިއުމަށް މި ޕާޓީ އިން ތައްޔާރު" ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ އަށް އެ ޕާޓީ އިން ވެސް ތަދައްހުލް ވެފައިވާ އިރު އިލެކްޝަންއާ ދޭތެރޭ ޝައްކުއުފެދޭ އަދި ކަންބޮޑުވާ ފަދަ ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެ ޕާޓީ އިން ގަބޫލްކުރާ ކަމަށެވެ.

އެބައްދަލުވުމުގައި ކޯލިޝަނާ ބެހޭ ގޮތުން  ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އިން ޕީޕީއެމްއާ އެކު ކޯލިޝަން ހަދާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މިހާތަނަށް ކޯލިޝަން ނުހެދި ވަނީ ޝަރުއީ މަރުހަލާގައި މައްސަލަކެއް ހުށައަޅައިގެން އުޅޭތީ ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ޕާޓީގެ ކެމްޕެއިން އަތޮޅުތަކުގައި ފެށުމަށް މާދަމާ (މިއަދު) ފުވައްމުލަކުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ތަރުޖުމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އެމްޑިޕީ އާއި ގުޅެންއުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް އަލިއަޅުވާލާ އަބްދުއްރަހީމް ވިދާޅުވީ މަހުލޫފް ޕީޕީއެމް އިން ނުދާނެކަމުގެ ފުރިހަމަ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި މަހުލޫފް ޕީޕީއެމްގެ ހަރަކާތްތަކުން ނުފުނު ނަމަވެސް އޭނާ ޕީޕީއެމްގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް