ފަހުގެ ޚަބަރު


އިތުރަށް...

އޭސީޕީ ހަބީބު، އިންތިހާބު ބޭއްވިޔަ ނުދޭނެކަމަށް ބުނެ ފުއާދުއަށް އިންޒާރުދިންކަމަށް ބުނެފި

ލިޔުނީ: Unknown - Saturday, September 28, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެސިސްޓަންޓު ކޮމިޝަނަރ އޮފް ޕޮލިސް ހަސަން ހަބީބު ރޭ އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގަށް ގުޅައި އިންތިހާބު ބޭއްވުނަ ނުދާނެކަމަށް ބުނެ އިންޒާރު ދީފައިވާކަމަށް އިލެކްޝަން ކޮމިޝަނަށް ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރިޔާސީ އިންތިހާބު މާދަމާ ނޯންނާނެކަން ހާމަކޮށް އިލެކްޝަން ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މާދަމާ ނުބާއްވާނެ ކަމަށް އިލެކްޝަނުން ނިންމާފައިވަނީ އިންތިހާބެއް ބޭއްވޭ ފަދަ މަސްލަހަތެއް ނެތްކަމަށް ހާމަކޮށްފައެވެ.

އެގޮތުން އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އެހީތެރިކަން ބޭނުންވާ ދައުލަތުގެ މުއައްސަސާތަކުން އެއްބާރުލުން ނުދޭން ނިންމުމާއި، ސްކޫލުތަކުގައި ވޯޓު ފޮށި ނުބެހެއްޓޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރުމާއި، އިންތިހާބު ބޭއްވުމަށް ހޯމް މިނިސްޓްރީން އެއްބާރުލުންނުދޭނެކަމަށް ހާމަކޮށް އިލެކްޝަން ކޮމިޝަނުގެ މެމްބަރުން ހައްޔަރުކުރާނެކަމުގެ އިންޒާރު ދިނުމާއި، ފިނޭންސުން ފައިސާ ދޫނުކުރާނެކަމަށް ބުނެ އިލެކްޝަނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި، އަދި ފުލުހުން އެއްބާރުލުން ނުދޭނެކަމަށް ހާމަކުރުން ހިމެނެއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިކުރިން އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނޯންނާނެކަމަށް އިލެކްޝަން ކޮމިޝަނުން މިރޭ ހާމަކުރުމާއި ގުޅިގެން ފުލުހުން ވަނީ އިލެކްޝަން ކޮމިޝަން އެފަރާތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެގޮތުން އިލެކްޝަން ކޮމިޝަނަށް ވަދެ ނިކުމެވެނީ ފުލުހުންގެ ހުއްދަ އޮންނަ ފަރާތްތަކަށް އެކަނިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް