ފަހުގެ ޚަބަރު


އިތުރަށް...

އިންޑިއާގެ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި

ލިޔުނީ: Unknown - Saturday, September 28, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިންޑިއާގެ ސަފީރު ޕީޕީއެމްގެ ކޮންޓްރޯލް އޮންނަ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ.

އިންޑިއާގެ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައި މިވަނީ މިރޭގެ ވަގުތެއްގައި އިންތިޚާބާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާއި ޝަހަރޭ ބައްދަލުކުރެއްވުމާއި ގުޅިގެންނެވެ.

މިރޭ 9:30 ހާއިރު ޝަހަރޭ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރި ނަމަވެސް މިކަމާއި ގުޅެގޮތުން ސަރުކާރުގެ ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް އިންޑިއަން ހައި ކޮމިޝަންގެ އިސް އޮފިޝަލަކު ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މާދަމާގެ ވަގުތެއްގައި އިންޑިއާގެ ސަރުކާރުން މިކަމާއި ގުޅޭގޮތުން ރަސްމީ ބަޔާނެއް ނެރުއްވާނެކަމަށެވެ.

ފޮރިން މިނިސްޓްރީ ކޮންޓްރޯލް ކުރަނީ ޕީޕީއެމްއިންކަމަށްވާއިރު މީގެ ކުރިންވެސް ވަނީ އިންޑިއަން ހައި ކޮމިޝަނަރ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ބިރުދައްކާފައެވެ. އެފަހަރު އިންޑިއަން ހައި ކޮމިޝަނަރ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދަށް އިންޑިއާ ހައި ކޮމިޝަނުން ހިމާޔަތްދެއްވުމާއި ގުޅިގެންނެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވީ ޕީޕީއެމްގެ ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނެވެ. އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވީ އެންވަޔަރަމެންޓް މިނިސްޓަރ މަރިޔަމް ޝަކީލާއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް