ފަހުގެ ޚަބަރު


އިތުރަށް...

ދެވަނަ ބުރު ވީހާ އަވަހަކަށް ބާއްވަން ސީމެގުން ގޮވާލައިފި

ލިޔުނީ: Unknown - Saturday, September 28, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖޭގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ވީހާ އަވަހަކަށް ބޭއްވުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ގޮވާލައިފި އެވެ.

އެމެރިކާގެ ނިއުޔޯކްގައި މިއަދު ބޭއްވި ސީމެގްގެ ބައްދަލުވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މި އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އާ ރައީސަކު ހުވާކުރަން ޖެހޭ ކަމަށެވެ.

"ގާނޫނު އަސާސީގައިވާ އެކަން ފުރިހަމަ ކުރުމަށް ޓަކައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ވީހާ އަވަހަކަށް ބޭއްވޭނެކަން ކަށަވަރު ކުރުމަށް ރާއްޖޭގެ ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ސީމެގް މިނިސްޓަރުން ގޮވާލެއްވި އެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ ފުރަތަމަ ބުރުގެ ނަތީޖާ އިއުލާން ކުރީއްސުރެ ރާއްޖޭގައި ހިނގަމުން އަންނަ ކަންތައްތަކާ މެދު އެގްރޫޕުން ކަންބޮޑުވާ ކަމަށެވެ.

އިންތިހާބު ބޭއްވީ ރަނގަޅަށް ކަމަށް ގައުމީ އަދި ބައިނަލްއަގުވާމީ އޮބްޒާވަރުން ބުނެފައިވާ ކަމަށާއި ރައްޔިތުން އެދޭގޮތް ވޯޓުން ފާޅުކުރުމުގެ ހައްގު އެމީހުންނަށް އޮންނާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ބުނެފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު ބޭއްވި އިންތިހާބަކީ ރާއްޖޭން ބޭއްވުމަށް އެއްބަސްވެފައިވާ ފަދަ ޑިމޮކްރެޓިކް އިންތިހާބެއް ކަން ފާހަގަ ކުރާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުން ސުޕްރީމް ކޯޓުން ވަކި ގޮތެއް އަންގަންދެން ނުބޭއްވުމަށް އެކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެއީ ވޯޓް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް ޖުމްހޫރީ ޕާޓީން ހުށައެޅި މައްސަލައަކާ ގުޅިގެންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް