ފަހުގެ ޚަބަރު


އިތުރަށް...

މޯލްޑިވިއަން ގެންނަ އައު ބޯޓް ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ ކަމަށް އެކުންފުނިން ބުނެފި

ލިޔުނީ: Unknown - Sunday, September 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަންނަ ބުރާސްފަތި ދުވަހު މޯލްޑިވިއަންގެ ފްލީޓް އިތުރަށް ވަރުގަދަ ކުރުމަށް ގެންނަ އައު ބޯޓް ރާއްޖެ އަންނާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އައިލެންޑް އެވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ، އެ އެއާލައިންގެ ފްލީޓް ވަރުގަދަކުރުމުގެ ގޮތުން ގެންނަނީ މިހާރުވެސް އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަމުން އަންނަ މަރުކާގެ ޑޭޝް- 8 މަރުކާގެ 50 ގޮޑީގެ ބޯޓެއް ކަމަށެވެ.

ނަޝާތު އިތުރަށް ވިދާޅުވީ، ގިނަ ޑޮމެސްޓިކް އެއާޕޯޓްތައް އިތުރުވުމުން ފަސިންޖަރުންގެ ޑިމާންޑާއި އެއްވަރަށް ގިނަ މަންޒިލްތަކަކަށް ދަތުރު ކުރަންޖެހޭ ކަމަށާއި، އެ ތަންތަނަށް ދަތުރު ކުރެވެން އަންނަނީ ފްލައިޓްތައް އިތުރުކޮށްގެން ކަމަށެވެ. އަދި އައު ބޯޓުވެސް ބޮޑަށް ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކުގައި ނަމަވެސް، އިތުރު އެހެން މަންޒިލްތައް ދަތުރުކުރަން ޖެހިއްޖެ ނަމަ އެބޯޓްވެސް ބޭނުން ކުރާނެ ކަމަށް ވިދާޅުވިއެވެ.

ކެނެޑާއިން ފުރައިގެން ވަރަށް ގިނަ ތަންތަނުގައި މަޑުކުރުމަށް ފަހު، އެ ބޯޓު ރާއްޖެ އަންނާނީ އަންނަމަހުގެ ތިން ވަނަ ދުވަހުގައި ކަމަށްވާއިރު، އައު ބޯޓާ އެކު އެ ކުންފުނީގެ ބޯޓުތަކުގެ އަދަދު ފަހަކަށް އަރާނެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް