ފަހުގެ ޚަބަރު


އިތުރަށް...

ކާރެއް ރުކެއްގައި ޖެހި ކުޑަކުއްޖަކަށް އަނިޔާވެއްޖެ

ލިޔުނީ: Unknown - Sunday, September 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ފޮނަދޫ އާއި ކައްދޫ ގުޅާލެވިފައިވާ ކޯސްވޭއިން ކައްދުއަށް އަރާ ހިސާބުގައި ހުރި ރުކެއްގައި ޖެހި އެކްސިޑެންޓްވެ ކާރު ދުއްވަން އިން އަންހެންމީހާގެ ތުއްތުތުއްތު ފިރިހެން ދަރިފުޅަށް އަނިޔާވެއްޖެއެވެ.

ލ. ފޮނަދޫ ސިތާރާ ޝިފާ މޫސާ ދުއްވަން އިން ކާރު ރުކުގައި ޖެހިފައިވަނީ ކޯސްވޭ އިން ކައްދުއަށް އެޅިވަގުތު ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް މަގުގެ ވާތްފަރާތުގައި ހުރި ރުކެއްގައެވެ. އެ ސަރަޙައްދުގެ ބިންމަތިން ކާރުގެ ފުރޮޅު ކެހިގެންގޮސްފައިވާ ތަނަށް ބަލާލުމުން ކާރު ކޮންޓްރޯލުން ނެއްޓުމުން ދުއްވާފައިވަނީ ވަރަށް ބާރަށްކަން އެނގެއެވެ.
 ކާރު އެކްސިޑެންޓްވި މަންޒަރުވަނީ ކައްދޫ ޗެކްޕޯސްޓްގައި އިން ސެކިއުރިޓީ ގާޑަށް ފެނިފައެވެ. މީގެ އިތުރުން ހަތަރެއްޖެހިއިރު ޑިއުޓީ ނިންމާފައި ފޮނަދުއަށް ދިއުމަށް މަގަށް ނުކުންނަން ޗެކްޕޯސްޓް ކައިރީގައި ތިބި އިތުރު ދެ ސެކިއުރިޓީ ގާޑުންނަށް މި އެކްސިޑެންޓް ހިނގި މަންޒަރު ފެނިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ސެކިއުރިޓީ ގާޑަކު އެލްއޭ ނިއުސްއަށް ބުނީ ކާރު ފާލަމުން ފައިބައިފާ ވަނީ އެހާ ބާރަށް ނޫންކަމަށް ބެލެވޭ ކަމަށާއި ފޭބިތަނުން ކޮންމެވެސް ކަމެއްވެގެން ކާރު ކޮންޓްރޯލް ނުކުރެވި ބްރެކި ޖައްސަން އުޅުނުވަގުތު ރޭހަށް ފިތިގެން ދިޔަކަމަށް ބެލެވޭ ކަމަށެވެ. ކާރު ދުއްވަން އިން ޝިފާ ބުނިކަމަށް އެމީހާ ބުނީ ކުރީ ޝީޓްގައި އިން ޝިފާގެ ކުޑަ ފިރިހެން ދަރިފުޅު ޝީޓުންވެއްޓުނު ކަމަށެވެ. އަދި އެވަގުތު ބުރެކި ޖައްސަން އުޅެ ބުރެކި ޖެއްސޭގޮތްނުވި ކަމަށެވެ.

މި ކާރުގައި ޝިފާގެ ދެ ދަރިން ތިބިކަމަށް މަޢުލޫމާތު ލިބެެވެ. ނަމަވެސް ގެއްލުންވެފައިވަނީ އެންމެ ހަގު ދަރިފުޅަށް ކަމަށާއި އެކުއްޖާގެ އަނގަޔާއި ނޭފަތުން ލޭ ފައިބަމުން ދިޔަކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް ގަމު ހޮސްޕިޓަލުން ފަރުވާ ދީފައިވެއެވެ. މި އެކްސިޑެންޓްގެ ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބައްލަވަމުންގެންދަވާކަމަށް މަޢުލޫމާތު ލިބެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް