ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީ ކުރަމުންދާ ކަންކަމަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ: ޕީޕީއެމް

ލިޔުނީ: Unknown - Tuesday, October 1, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ސަރުކާރު ވައްޓާލަން އެމްޑީޕީން އަޑުއުފުލަމުންދާ ކަމަށާއި އެ ޕާޓީން މިހާރު ކުރަމުންދާ ކަންކަމަކީ ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހޭ އަދި ފިޔަވަޅު އަޅަން ޖާގަ އޮތް ކަންކަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެމްޕޭން ހިންގާ މައި އިދާރާ ނަސަންދުރާ ޕެލަސް ހޮޓަލުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަބްދުރަހީމް އަބްދުލްﷲ މިއަދު ވިދާޅުވީ އެމްޑީޕީން ދަނީ މަރާމާރިއަށް ބާރުއަޅާ ވާހަކަ ދައްކަމުން ކަމަށާއި ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމުގެ ބާރު ކަނޑުވާލައި ފަޑިޔާރުންނާއި ފަޑިޔާރުންގެ އަނބިދަރިންނަށް ގެއްލުންދޭން ގޮވާލަމުންދާ ކަމަށެވެ. އަދި އެކަންކަމާމެދު ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެމްޑީޕީން މިއަދު ކުރަމުން އެދާ ކަންކަމަކީ އަޅުގަނޑު ގަބޫލް ކުރާ ގޮތުން އެކަންކަމާއި މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހޭނެ އަދި ފިޔަވަޅު އެޅެން ޖާގަ އޮތް ކަންކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަރުއީ ދާއިރާގައި ހުރި ބައެއް މައްސަލަތަށް އަވަސް ކޮށްދިނުމަށް އެދި ޕީޕީއެމުން މިރޭ މުޒާހަރާ ކުރާނެ ކަމަށާއި މުޒާހަރާ ކުރިއަށްދާނީ އާޓްފިޝަލް ބީޗުގައި ކަމަށެވެ.

މުޒާހަރާގައި ހާއްސަ ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދޭން ގޮވާލަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުގައި އޮތް ރިޔާސީ އިންތިހާބު ފަސް ކުރުމާއި ބެހޭ މައްސަލައަށް ވެސް އަވަސް ހައްލެއް ގެނެސް ވަކި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ގޮވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މޭރުމުން ޕީޕީއެމްގެ ބަސްމަގު ހުރިއިރު އެމްޑީޕީގެ ސަރުކާރު ވައްޓާލުމަށް ކުރެވުނު މުޒާހަރާތަކުންވެސް މިއަދު މިފެންނަ މަންޒަރާއި އަޑުތަކަށްވުރެން ނުރައްކާ ކަންތައްތައް ފެނިގެން ގޮސްފައިވާކަން ރައްޔިތުން ހެކިވާނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް