ފަހުގެ ޚަބަރު


އިތުރަށް...

ނަޒާކީ ޒަކީ އެމްޑީޕީއަށް ތާއީދު ކުރަން ނިންމައިފި

ލިޔުނީ: Unknown - Thursday, September 12, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައީސް ޑރ މުޙަންމަދު ވަޙީދާއެކު ފުރަތަމަ ބުރުގައި ހުންނެވި ނަޒާކީ ޒަކީ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ކުރީގެ ރައީސް މުޙަންމަދު ނަޝީދަށް ތާއީދު ކުރަން ނިންމައިފިއެވެ.

މިއަދު ނަޒާކީ ޒަކީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ 45.5 ޕަސެންޓް ރައްޔިތުން ނިންމި ނިންމުން ބަލައިގަންނަން ޖެހޭނެ ކަމަށާއި ރައްޔިތުންގެ އަޑު ވަރަށް ސާފު ކަމަށެވެ. އަދި ރައީސް މުޙަންމަދު ނަޝީދަކީ ދިވެހިރާއްޖޭގެ އެންމެ ޕޮޕިއުލާރ ލީޑަރު ކަމުގައިވެސް ޒަކީ ވަނީ ވިދާޅުވެފައެވެ.

ޒަކީއަކީ އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދާއެކު މަސައްކަތް ކުރެއްވުމަށް ފަހު ވެރިކަން ބަދަލުވި ފަހުން ރައީސް ވަޙީދުގެ ސަރުކާރުގެ އިސްބޭފުޅެކެވެ. އަދި ރައީސް ވަޙީދުގެ ގައުމީ އިއްތިހާދު ޕާޓީއަށް ސޮއި ކުރެއްވުމަށް ފަހު އެޕާޓީގެ އެންމެ އިސްއެއް މަގާމުގައި ހުންނެވި ފަރާތެވެ.

ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދުގެ ނައިބް ރައީސް ކަމުން އިއްޔެގެ ވަގުތެއްގައި ޒަކީ ވަނީ އިސްތިއުފާ ދެއްވާފައެވެ. ޒަކީ އިސްތިއުފާ ދެއްވުމަށް ފޮނުއްވި ސިޓީވަނީ ސޯޝަލް މީޑީއާގައި އާއްމުވެފައެވެ.

ނައިބް ރައީސް ކަމުން އިސްތިއުފާ ދެއްވާ އިއްޔެ ޒަކީ ފޮނުއްވި ސިޓީ ކަމަށް ބުނާ ސިޓީގައި ވިދާޅުވެފައިވަނީ ކައުންސިލުގެ ބައެއް މެންބަރުންނައި ފަހުން ޕާޓީއާއި ގުޅިވަޑައިގެންނެވި ބައެއް ބޭފުޅުންގެ ނުފޫޒުގެ ސަބަބުން ނައިބް ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ދަތިވެފައިވާ ކަމަށާއި އެތައް ފަހަރަކު އެވާހަކަ ރައީސް ވަހީދަށް ދެންނެވި ކަމަށެވެ. އަދި އޭރު އިސްތިއުފާ ނުދެއްވާ މަޑު ކުރެއްވީ އިންތިހާބެއް ބޯމަތިވެފައިވަނިކޮށް އިސްތިއުފާ ދީފި ނަމަ ރައްޔިތުން އެކަން ނަގާނެ ގޮތަކަށް ވިސްނުމަށްފަހު ކަމަށް ވެސް ޒަކީ ވިދާޅުވެފައިވެއެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން ނިމިގެން ދިޔަ އިލެކްޝަނުގެ ކެމްޕޭންގައި އެއްވެސް ވަރަކަށް އަޅގަނޑުގެ ބައިވެރިވުމެއް ހިޔާލެއް ނެތި މިވަނީ ނިމިގެން ގޮސްފައެވެ. ނަތީޖާ ގަބޫލު ކުރަން ދައްޗެވެ. ސިވިލް ސާވަންޓުން ލައްވާ ސިޔާސީ ކަންތައްތައް ނަގާ ކިޔާ އެމީހުންގެ ރޭވުމަށް ރައްޔިތުންގެ ސަޕޯޓު ހޯދައި، އެގޮތަށް އެގޮތަށް ކެމްޕޭން ހިންގައި ސިޔާސީ ކުރިއެރުން މިހާރު ގަބޫލު ކުރަން ޖެހެއެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ލިބުނު ނާކާމިޔާބު ނަތީޖާއަކީ މަނިކުފާނަށް ލިބެން ޖެހޭ ތަރުހީބެއް ނޫންމެއެވެ. ކަންތައްތައް ޕާޓީގެ ތެރޭގައި މިދެންނެވި ގޮތަށް ހުރުމުން، މަގާމުގައި އަޅުގަނޑު ހުރެގެން ޕާޓީއަށް ކުރިއެރުން ލިބޭނެ ފަދަ ކަންތައްތަކެއް ނުކުރެވޭނެކަން ގަބޫލުކޮށް ޕާޓީއާއި މަނިކުފާނަށް އިތުރު ކުރިއެރުންތައް އެދެމުން ޕާޓީގެ ނައިބް ރައީސްގެ މަގާމުން އިސްތިއުފާދޭން ގަސްތު ކުރާ ވާހަކަ ދެންނެވީމެވެ." ޒަކީގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް