ފަހުގެ ޚަބަރު


އިތުރަށް...

ދެވަނަ ބުރުގައި ނަޝީދަށް 65،000 އަށްވުރެ ގިނަ ވޯޓު ނުހޯދޭނެ - އަބްދުއްރަހީމް އަބްދުﷲ

ލިޔުނީ: Unknown - Friday, September 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދަށް 65،000 ވޯޓަށްވުރެ ގިނަ ވޯޓެއް ނުލިބޭނެކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

ޕީޕީއެމްއިން އިއްޔެ ނަސަންދުރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ނަޝީދަށް 65،000 އަށްވުރެ ގިނަ ވޯޓު ނުހޯދޭނެ ކަމަށާއި އެހެން ކަމުން މި އިންތިހާބު ކާމިޔާބު ކުރުމަށް ޕީޕީއެމްއަށް ވަރަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

ނަޝީދަށް ލިބިވަޑައިގަތް 95،000 ވޯޓަކީ ސައްހަކަން ކަނޑައަޅާނީ ކޯޓުން ކަމަށާއި، އެވޯޓަކީ ސައްހަ ވޯޓެއް ނޫންކަމަށް ކޯޓުން ކަނޑައަޅައިފިނަމަ އެ 95،000 ވޯޓުގެ ތެރެއިން 20،000 ވޯޓަކީ ޕީޕީއެމްގެ ވޯޓުކަމަށް އަދުރޭ ވަނީ ހާމަކޮށްފައެވެ.

ދެވަނަ ބުރުގައި ޕީޕީއެމްއަށް 50،000 ވުރެ ގިނަ ވޯޓު ލިބޭނެ ކަމަށާއި، ފުރަތަމަ ބުރުގައި ޕީޕީއެމްއަށް ލިބެންވާ ގިނަ ވޯޓުތަކެއް ޖުމްހޫރީ ޕާޓީއަށް ލިބިފައިވާކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްއިން ވަނީ ހާމަކޮށްފައެވެ.

ޢަބްދުއްރަހީމް މިހެން ވިދާޅުވެފައިވާއިރު އެބޭފުޅާ ނިސްބަތްވާ ލ. ފޮނަދޫ ދާއިރާއިންވެސް ޕީޕީއެމްގެ މެޖޯރިޓީ ގެއްލިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިހާރުވެސް ލ. އަތޮޅާއި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ޢަދަދަކަށް އެމްޑީޕީއަށް މީހުން ގުޅެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް