ފަހުގެ ޚަބަރު


އިތުރަށް...

އިންތިޚާބު ކާމިޔާބު ކުރިޔަސް ވެރިކަން ނަޝީދާ ހަވާލެއް ނުކުރާނަން- ޑރ ޖަމީލް

ލިޔުނީ: Unknown - Wednesday, September 11, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން މޮޅުވެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދާ ރާއްޖޭގެ ވެރިކަން ހަވާލު ނުކުރައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ މުޙަންމަދު ޖަމީލް އަޙްމަދު ރޭ ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަހައްދުގައި  ރޭ ބޭއްވި ޕީޕީއެމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ ދިވެހި ރައްޔިތުންތިބީ ރާއްޖޭގެ ވެރިކަން ރައީސް ނަޝީދާ ހަވާލު ކުރަން ނޫން ކަމަށާއި “އިންތިޚާބު ކާމިޔާބު ކުރިޔަސް ޙަވާލު ނުކުރާނަން” ކަމަށެވެ.  އަދި ރައީސް ނަޝީދަށް ނިސްބަތް ކުރައްވައި ޑރ ޖަމީލް ވިދާޅުވީ  އެއީ “ނުބައިނުލަފާ ޖައްބާރެއް” ކަމަށާއި އަދި ބުއްދި ހަމަނުޖެހޭ “މޮޔައެއް” ކަމަށެވެ.

މީގެއިތުރުން ޑރ ޖަމީލް ވިދާޅުވީ ރައީސް ނަޝީދު އަދިވެސް ޖަލަށް ލައްވާނެ ކަމަށާއި މިހާރު މިތިބީ ރަނގަޅު ވަގުތެއްގެ އިންތިޒާރުގައި ކަމަށެވެ.

“ރަނގަޅު ވަގުތަކާއި ސާއަތަކަށް ބަލައިގެން މިތިބީ” ރައީސް ނަޝީދު ޖަލުގައި ދުވަސް ތަކެއް އަދިވެސް ހޭދަކުރަން ޖައްސާނެ ކަމަށް މީގެކުރިންވެސް ވިދާޅުވަމުން އައި ޑރ ޖަމީލް މިރޭ އެވާހަކަތައް ތަކުރާރު ކުރައްވަމުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބުގެ ތަޅުދަނޑި ޕީޕީއެމަށް މިހާރު ވަނީ ލިބިފައި ކަމަށާއި ދެން އޮތީ އެ ތަޅުދަނޑިން ދޮރުހުޅުވުމަށް ފަހު އިންތިޚާބު ކާމިޔާބު ކުރުން ކަމަށާއި މިފަހަރުގެ އިންތިޚާބު ޕީޕީއެމް ކާމިޔާބު ކުރާނެކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އިންތިޚާބުގެ ފުރަތަމަ ބުރުން ޕީޕީއެމަށް ލިބުނު ކާމިޔާބަކީ މާޔޫސްވާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް ޑރ ޖަމީލް މިރޭ ވިދާޅުވިއެވެ.

ޑރ. ޖަމީލު މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ޕީޕީއެމް އިން ޑިމޮކްރަސީ ޤަބޫލުކުރާކަމަށް ދައްކަވަން އުޅުއްވާ މަންޒަރުގެ ޙީލަތްތެރިކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގި ހާމަވަމުން އަންނަކަމަށް ސިޔާސީ މާހިރުން ބުނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް