ފަހުގެ ޚަބަރު


އިތުރަށް...

އަމީތާބް، ރޭކާއެކުގައި ބައްތިރީސް އަހަރަށްފަހު ފިލްމެއް ކުޅެނީ

ލިޔުނީ: Unknown - Wednesday, September 11, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ބައްތިރީސް އަހަރަށްފަހު، ބޮލީވޫޑްގެ ސްޕަސްޓާރ އަމީތާބް ބައްޗަން އާއި، އޭނާގެ ކުރީގެ ލޯބިވެރިޔާ ރޭކާ އެއް ފިލްމަކުން ފެނުމުގެ ފުރުސަތު ލިބިފައިވާ ކަމަށް، ފިލްމް “ވެލްކަމް”ގެ ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ ބުނެފި އެވެ.

އޭނާ ބުނީ އޭނާ އަލަށް އުފައްދާ ވެލްކަމްގައި ހަރަކާތްތެރި ވުމުގެ ފުރުސަތު ސްޕަސްޓާ އަމީތާބަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ހަމަ އެފިލްމުގައި އަމީތާބާއެކު ހަރަކަތްތެރި ވުމަށް ރޭކާއަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އޭނާ ބުންޏެވެ.

ފީރޯޒް ބުނީ އަމީތާބުފެ ފަރާތުން އަދި ޖަވާބެއް ނުލިބުނު ނަމަވެސް އެ ފުރުސަތު އަމީތާބު ގަބޫލު ކުރުމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ.

އެއް ދުވަސްވަރެއްގައި ބޮލީވުޑުގައި ތިބި އެންމެ މަޝްހޫރު ޖޯޑަކީ އަމީތާބާއި ރޭކާގެ ޖޯޑެވެ. އަދި ގިނަ ބަޔަކު ދެކޭ ގޮތުގައި އެކަމަށް އަދިވެސް ބަދަލު އައިސްފައެއް ނުވެ އެވެ. އެހެންކަމުން އަމީތާބާއި ރޭކާ އެއްފިލްމަކުން ފެނުމަށް ސަޕޯޓަރުން މިހާރުވެސް އެދެމުން ދެ އެވެ.

އަމީތާބާ ރޭކާ އަކީ އެ ދެމީހުން ކުޅުނު ފިލްމުތަކެކޭ އެއްގޮތަށް އޭރު ހަގީގީ ދިރިއުޅުމުގައިވެސް ދެ ލޯބިވެރިންނެވެ. ނަމަވެސް އަމީތާބުގެ އަންހެނުން ޖަޔާ ބައްޗަށް އެކާމެދު ވަރަށް ކަންބޮޑުވެ އައީ ނަފްރަތު ކުރަމުންނެވެ. ރޭކާ އާއި އަމީތާބާ ދެމީހުން އެކުގައި އެކްޓްކޮށްފައިވާ އެންމެ ފަހު ފިލްމަކީ ސިލްސިލާއެވެ. ބޮކްސް އޮފީހުގައި އެތައްލައްކަ ބައެއްގެ މަގްބޫލުކަން ހޯދި މި ފިލްމު ބައްޓަން ކޮށްފައިވަނީ އެ ދެމީހުންގެ ލޯބީގެ ހަގީގީ ވާހަކަށް ބިނާކޮށެވެ.

އެ ފިލްމަށްފަހު އެ ދެމީހުން އެކަކު އަނެކަކާ ބައްދަލު ކޮށްފައެއް ނުވެ އެވެ. އަދި ދެމީހުން ހަފްލާއަކުން ބައްދަލު ވިނަމަވެސް ކޮންމެސް ގޮތަކުން އެކަކު އަނެކަކާ ދުރަށްޖެހި އެކަކު އަނެކަކާ ކުރިމަތިލާން ބޭނުން ނުވާފަދަ ގޮތަކަށް ދެމީހުންވެސް ކަންތައް ކުރަމުން ގެންދެ އެވެ.

އަމީތާބާއި ރޭކާ، ދެމީހުން އެކުގައި ވަރަށް ކާމިޔާބު ފިލްމުތަކެއް ވަނީ ކުޅެފަ އެވެ. އެ ގޮތުން އެ ދެމީހުން އެކުގައި އަށާރަ ފިލްމެއްގައި ހަރަކާތްތެރި ވެފައިވެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް