ފަހުގެ ޚަބަރު


އިތުރަށް...

އިންތިޚާބުގެ ދެވަނަ ބުރަށް ނަޝީދު އަދި ޔާމީން!

ލިޔުނީ: Unknown - Sunday, September 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިއްޔެ ކުރިއަށް ގެންދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފިއެވެ.

ރޭ ފަތިހު ދަރުބާރުގޭގައި އިއުލާން ކުރި އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 95،224 (ނުވަދިހަ ފަސްހާސް ދުއިސައްތަ ސައުވީސް) މީހުންގެ ވޯޓާ އެކު އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދެވެ. އެއީ ވޯޓުލީ މީހުންގެ 45.45 އިންސައްތައެވެ.

ވަގުތީ ނަތީއްޖާ ދައްކާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްވަނީ ދެވަނާގައެވެ. އެއީ 53،099 (ފަންސާސް ތިން ހާސް ނުވަދިހަ ނުވަ) މީހުންގެ ވޯޓާ އެކު 25.35 އިންސައްތަ ލިބިވަޑައިގަނެގެންނެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 50،422 ( ފަންސާސް ހާސް ހަތަރުސަތޭކަ ބާވީސް ) މީހުންގެ ވޯޓެވެ. އެއީ ވޯޓުގެ 24.07 އިންސައްތައެވެ.

އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އިންތިޚާބަކާއި ނުލާ ވެރިކަމަށް އަރާ ވަޑައިގެން ހުންނެވި ޑރ. މުހައްމަދު ވަހީދަށް ލިބިވަޑައިގެންފައިވަނީ ވޯޓުލީ މީހުންގެ 5.13 އިންސައްތައެވެ. އެއީ އެންމެ 10،750 ( ދިހަ ހާސް ހަތްސަތޭކަ ފަންސާސް މީހުންގެ ވޯޓެވެ.

މީގެ އިތުރުން ބާތިލު 2،395 (ދެހާސް ތިންސަތޭކަ ނުވަދިހަ ފަސް) ވޯޓު ކަމުގައި، އިލެކްޝަންސް ކޮމިޝަނުން ވަނީ ރެކޯޑުކޮށްފަ އެވެ.

އިލެކްޝަން ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލުތަކެއް އައިސް އެއްމެފަހުން ވަގުތީ ނަތީޖާ އިއުލާންކޮށްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

އެކޮމިޝަނުން ބުނީ ނަތީޖާ އިއުލާންކުރުން ލަސްވީ މަޖީދިއްޔާ ސްކޫލުގައި ހުރި އައްޑޫ ސިޓީގެ ހިތަދޫގެ ވޯޓު ފޮއްޓަކާއި ގަލޮޅު މަދަރުސާގައި ހުރި ވޯޓު ފޮއްޓެއް ގުނުމުގެ ތެރޭގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މިހާރުވަނީ ދެވަނަ ބުރަކަށް ގޮސްފައެވެ.

ދެވަނަ ބުރުގައި ވާދަކުރާނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް