ފަހުގެ ޚަބަރު


އިތުރަށް...

ދެކޮޅު ނުޖެހޭ ވާހަކަ ޤަބޫލުނުކުރުމަށް އިލްތިމާސްކޮށްފި

ލިޔުނީ: Unknown - Sunday, September 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިހާބުގައި 10000 ވޯޓް އިތުރަށް ލިކަމަށް ދައްކާ ވާހަކައަކީ ސަލާމަތް ބުއްދި ގަބޫލު ކުރާނެ ވާހަކަތަކެއް ނޫންކަމަށާއި، އަދި އެފަދަ ދެކޮޅު ނުޖެހޭ ވާހަކަތަކަށް ވިސްނާވަޑައިގަތުމަށްފަހު ނޫނީ އެއްވެސް ފަރާތަކުން އެވާހަކަތައް ޤަބޫލުނުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި އޮޅުވާލައިގެން އިތުރަށް 10000 މީހުން ވޯޓު ލިކަމަށް ދައްކާވާހަކަ އަކީ ސަލާމަތް ބުއްދިން ޤަބޫލުކުރެވޭނެ ވާހަކަތަކެއް ނޫންކަމަށާއި، އަދި އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ފުއާދު ވިދާޅުވީ ދުލުގައި ކަށި ނުޖެހޭނަމަ ކޮންމެ މީހަކަށް ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ ކަމަށާއި، ނަމަވެސް ކޮންމެ ވޯޓު ފޮއްޓެއްގައި ހަތަރު ކެންޑިޑޭޓުންގެ ހަތަރު މަންދުބުންނާއި، ސިޔާސީ ޕާޓީތަކުން ކަނޑައަޅުއްވާފައި ތިއްބެވި ބޭފުޅުންނާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބޭފުޅުންގެ އިތުރުން މީޑިއާގެ ބޭފުޅުން ތިއްބަވާއިރު އެފަދަ ފުރުސަތެއް ލިބިދާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

އެހެންކަމުން އެހުރިހާ ފަރާތްތަކުން އެތަނުގައި ތިއްބަވާއިރު 10000 ވޯޓު ލާނީ ކިހިނެއް ކަމެއް ނުވިސްނޭ ކަމަށާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ ބޭފުޅަކުވެސް އިތުރަށް 10000 ވޯޓު ލުމަށް ޤަބޫލުނުވާނޭ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ކޮންމެ ފޮށްޓަކަށް ވެސް ވޯޓު ކަރުދާސްކޮޅުތައް ފޮނުވާފައިވަނީ ކަނޑައެޅިފައިވާ މިންވަރަކަށް ކަމަށާއި އެއްވެސް ފޮށްޓަކަށް ކަނޑައެޅިފައިވާ މިންވަރަށް ވުރެ އިތުރަށް ފޮނުވާފައި ނުވާނެ ކަމަށެވެ.

ފުއާދު ވިދާޅުވީ ޖުމްލަ 239593 މީހުންނަށް އިންތިހާބުގައި ވޯޓުލުމުގެ ޝަރުތު ފުރިހަމަވާ އިރު، ޗާޕް ކޮށްފައިވަނީ 242000 ވޯޓުކޮޅު ކަމަށެވެ. އަދި އެވޯޓު ކަރުދާސްތަކުގެ ތެރެއިން ބާކީވީ ކަރުދާސްތަކުގެ ތަފްސީލު ފަހުން ދެއްވާނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް