ފަހުގެ ޚަބަރު


އިތުރަށް...

ދިހަހާސް މީހުން އިތުރަށް ވޯޓު ލި ކަމަށްބުނެ ޖުމްހޫރީ ކޯލިޝަނުން މުޒާހަރާކޮށްފި

ލިޔުނީ: Unknown - Sunday, September 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށްބުނެ ޖުމްހޫރީ ކޯލިޝަނުގެ ބަޔަކު ނުކުމެ މުޒާހަރާކޮށްފިއެވެ.
ދަރުބޭގޭ ކުރިމަތީގައި ޖުމްހޫރީ ކޯލިޝަނުން މުޒާހަރާ ކޮށްފައިވަނީ، އިއްޔެ ބޭއްވި އިންތިޚާބުގައި އިތުރަށް 10000 މީހުން ވޯޓުލާފައިވާ ކަމަށް، ބައެއް މީޑިއާތަކުން ޚަބަރުފެތުރުމާއި ގުޅިގެންނެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށާއި އަލުން އިންތިހާބު ބާއްވަން ޖެހޭނެކަމަށް އެތަނަށް އެއްވެ ތިބި މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

އަދި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިސްތިއުފާ އަށްވެސް އެމީހުން ވަނީ ގޮވާލާފައެވެ.

އަދި ރޭ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުންދިޔައިރު، ޖުމްހޫރީ ކޯލިޝަނުން ދަރުބާރުގެ ހުންނަ ސަރަހައްދުގައި ކުރި މުޒާހާރާ ހޫނުވިޔަނުދިޔުމަށް ފުލުހުން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި އިތުރަށް 10000 މީހުން ވޯޓު ލި ކަމަށް ބުނެ ޖުމްހޫރީ ކޯލިޝަނުން މުޒާހަރާ ކޮށްފައިވާއިރު، ރިޔާސީ އިންތިހާބުގައި 10000 ވޯޓް އިތުރަށް ލި ކަމަށް ދައްކާ ވާހަކައަކީ ސަލާމަތް ބުއްދި ގަބޫލު ކުރެވޭނެކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައެވެ.

ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ފުއާދު ވިދާޅުވީ 10000 ވޯޓު ގަނޑު އިތުރަށް ލި ވާހަކައަކީ ސަލާމަތް ބުއްދި ގަބޫލު ކުރާ ވާހަކަތަކެއް ނޫން ކަމަށާއި،
ކޮންމެ ފޮއްޓެއްގެ ކައިރީގައި ހަތަރު ކެންޑިޑޭޓުންގެ މަންދޫބުންނާއި އެތަކެއް އޮބްޒާވަރުންގެ އިތުރުން މޮނީޓަރުންވެސް ތިއްބެވި ކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތަކުން އެފަދަ ކަމަކަށް ފުރުސަތު ދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް