ފަހުގެ ޚަބަރު


އިތުރަށް...

ވޯޓުފޮށްޓަށް އިތުރަށް 10000 ވޯޓު ލައިފައިވާކަން ހާމަވެއްޖެ

ލިޔުނީ: Unknown - Sunday, September 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ވޯޓުފޮށްޓަށް ވޯޓުލާންޖެހޭ އަދަދަށްވުރެ 10000 ވޯޓު އިތުރަށް ލާފައިވާކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށްގެންދާ ޕްރެސްކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަނަރ ފުއާދު ތައުފީގު ވިދާޅުވީ، ވޯޓުލާފައިވަނީ ވޯޓުލާންޖެހޭ އާބާދީގެ 83 ޕަސަންޓަށްވުރެ ކަމަށެވެ.

ޖުމްލަވޯޓުލިބުމުގެ ހައްގު ލިބިގެންވާ މީހުންނަކީ 239593 މީހުންނެވެ. މިހެންކަމުމުން މިއަދަދުގެ 83 ޕަސަންޓަކީ ވޯޓުލާފައިވަނީ، 198863 މީހުންނެވެ. ނަމަވެސް ވަގުތީނަތީޖާ ދައްކާގޮތުން 209,045 މީހުންވަނީ ވޯޓުލާފަ އެވެ. މިހެންކަމުން 10182 މީހުން ވަނީ ވޯޓުފޮށިތަކަށް އިތުރަށް ވޯޓުލާފައިވާކަމަށް ވަގުތީ ނަތީޖާ ދައްކަ އެވެ.

އެމްޑީޕީގެ ރިޔާސީ ކެނެޑިޑޭޓު ރައީސް މުހައްމަދު ނަޝީދައެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް 10000 ވޯޓު ބޭނުންވާކަން ފާހަގަކޮށްލަންޖެހެ އެވެ.

ލާމު ކުނަހަންދޫ (004.11.1) ފޮއްޓަށް ވޯޓުލާންޖެހޭ ވޯޓުލުމުގެ ހައްގު ލިބިފައިވާ އަދަދަކީ 438 މީހުންނެވެ. ނަމަވެސް އެފޮށްޓަށް 690 މީހުން ވޯޓުލާފައިވެ އެވެ. އެ ފޮއްޓަކީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން 52.4 ޕަސަންޓު ގެންގޮސްފައިވާ ފޮއްޓެކެވެ.

މ.ރަތްމަންދޫ (k01.01.1) ފޮށްޓަށް ވޯޓުލުމަށް ރެޖިސްޓަރ ކޮށްފައިވަނީ 118 މީހުންނެވެ. ނަމަވެސް އެ ފޮށްޓަށް ވެސް 197 މީހުން ވޯޓުލާފައިވެ އެވެ. އެފޮށިވެސް ޔާމީން ކާމިޔާބު ކުރައްވާފައިވަނީ 43.1 ޕަސަންޓު ކާމިޔާބު ކުރައްވައިގެނެވެ.

sun dhuvaafaru
Paradise Resort (haveeru)
Paradise Resort (sun)
އއ.ތޮއްޑޫ(u02.01.2) 2 ވޯޓުފޮށްޓަށް 479 މީހުން ވޯޓުލުމަށް ރެޖިސްޓާ ކޮށްފައިވާއިރު އެ ފޮށްޓަށް ވެސް 763 މީހުން ވޯޓުލާފައިވާކަމަށް ދައްކަ އެވެ. އެ ފޮށްޓަކީ 60.9 ޕަސަންޓުން ގާސިމް އިބްރާހިމް ކާމިޔާބު ކުރައްވާފައިވާ ފޮއްޓެކެވެ.

64.3
Aa.Thohdoo
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް