ފަހުގެ ޚަބަރު


އިތުރަށް...

ވަގުތީ ނަތީޖާ ދައްކާގޮތުން އެއްވަނައިގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު

ލިޔުނީ: Unknown - Sunday, September 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 
ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްގޮސް، މާބޮޑެތި ހިތްހަމަ ޖެހުމެއްނެތި ނިމިގެން ގޮއްސިއެވެ. ވޯޓް ލާން ފެށޭނީ ހެނދުނު 7:30 ގަ އެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހީމާއި އަމިއްލަ ގޮތުން ރައީސް މުހައްމަދު ވަހީދާއި ޕީޕީއެމުން އަބްދުﷲ ޔާމީނާއި އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. މިއިންތިޚާބުގައި 239،593 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މިއިންތިޚާބުގައި ވޯޓް ލުމަށް އެކި ތަންތަނުގައި 470 ވޯޓް ފޮށި ބަހައްޓާފައިވެ އެވެ. ރަށްވެހިވެފައިވާ ރަށް ނޫން ރަށްރަށުގައި ވޯޓްލާން 65318 މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ.

މިހާތަނަށް އައިރު 437 ވޯޓުފޮށި ވަނީ ގުނައި ނިމިފަ އެވެ. ގުނާ ނިމުނު ވޯޓް ފޮށި ތަކުގެ ނަތީއްޖާ ތަކަށްބަލާއިރު އެއްވަނާގައި އުޅެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 86000 މީހުންގެ ވޯޓުން، ދެވަނައިގައި އުޅެނީ 47000 މީހުންގެ ވޯޓާއި އެކު، ޖުމްހޫރީޕާޓިގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަށް ލިބި ވަޑައިގަތީ 44000 މީޙުންގެ ވޯޓު އަދި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ކުރުމަތި ލައްވާފައިވާ ރައީސް ވަހީދަށް ލިބި ވަޑައިގަތީ 9000 މީހުންގެ ވޯޓެވެ.

މިހާތަނަށް ވޯޓްލެވުނު މީހުންގެ އަދަދަކީ 93895 މީހުންނެވެ،  ސައްހަ ވޮޓުގެ ގޮތުގައި 92870 ފަރާތަކުން ވޯޓުލާފައިވާއިރު، ބާތިލް ވޯޓުގެ ގޮތުގައި 1025 ވޯޓް ލާފައިވެ އެވެ.

ވަގުތީ ނަތީއްޖާ ދައްކާ ގޮތުން

1. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު  %45.5

2. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް  އަބްދުﷲ ޔާމީން  %25

3. ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް %24

4. އަމިއްލަ ކެންޑިޑޭޓްގެ ގޮތުގައި ކުރުމަތި ލެއްވި މުހައްމަދު ވަހީދު ހަސަން މަނިކު %5
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް