ފަހުގެ ޚަބަރު


އިތުރަށް...

ދީނީގޮތުން ސަރުކާރު ވައްޓާލަން ޖެހޭ ހާލަތަކަށް ނަޝީދުގެ ސަރުކާރު ގޯސް ނުވާކަމަށް އިއްތިހާދުގެ ދީނީ މީހުން ބުނި : ފާއިޒް

ލިޔުނީ: Unknown - Saturday, September 7, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 އެމްޑީޕީ ސަރުކާރުން ވައްޓާލަން ޖެހޭ ވަރަށް އެސަރުކާރު ގޯސްވެފައި ނުވާ ކަމަށާއި އެއީ ދީނީ ގޮތުން ހުއްދަވެގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ނިކުތް 23 ޑިސެމްބަރު އިއްތިހާދުގައި ބައިވެރިވި ބައެއް ދީނީ އިލްމުވެރިން އޭރު ބުނެފައިވާކަމަށް ވެރިކަން ބަދަލު ކުރުމުގެ ހަރަކާތްތަކުގައި އުޅުނު އަހުމަދު ފާއިޒް ބުނެފިއެވެ.

މިއަދު ރާއްޖެޓީވީން ދެއްކި ފާއިޒް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީ ސަރުކާރުގައި ހުރި ގޯސް ކަންތައްތަކެއް ފާހަގަކޮށް އެކަމާ އިހުތިޖާޖް ކުރުމަށް އިއްތިހާދެއް އުފެއްދި ކަމަށާއި އެއިއްތިހާދަކީ 23 ޑިސެމްބަރ އިއްތިހާދު ކަމަށެވެ. އަދި އެއިއްތިހާދުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ރޭވުމަށް ބޭއްވި މީޓިންގ ތަކުގައި ސަރުކާރު ވައްޓާލުމުގެ މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށެވެ. ނަމަވެސް އެއިއްތިހާދުގައި އުޅުއްވި ބައެއް ދީނީ އިލްމުވެރިން އެކަމާ ދެކޮޅު ހެއްދެވި ކަމަށާއި އެމީހުން ވިދާޅުވި ގޮތުގައި ބަޣާވާތްކޮށްގެން ސަރުކާރު ވައްޓާލުމަކީ ދީނީގޮތުން ހުއްދަ ކަމެއް ނޫން ކަމަށާއި އަދި ދީނީގޮތުން އެމްޑީޕީގެ ސަރުކާރު ވައްޓާލަން ޖެހޭ މިންވަރަށް އެސަރުކާރު ގޯސްވެފައި ނުވާކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވި ކަމަށެވެ.

ފާއިޒް ބުނީ އެއިލްމުވެރިންގެ ބަހާއެކު މީޓިންތަކުން ނިންމީ ސަރުކާރު ވައްޓާލުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ކަމަށެވެ. ނަމަވެސް އިއްތިހާދުގެ ޖަލްސާ 23 ޑިސެމްބަރުގައި ބޭއްވި އެއްވުމުގައިވެސް ސަރުކާރު ވައްޓާލަން ޖުމްހޫރީ މައިދާނަށް ދާން ބަޔަކު އުޅުނު ކަމަށާއި އެދުވަހުވެސް އެކަން ނުވީ ދީނީ މީހުން އެކަމާ ނުރުހުމުން ކަމަށެވެ.

ފާއިޒް ބުނީ ސަރުކާރު ބަދަލުވެގެން ދިޔައީ އޭގެ ފަހުން ބޭއްވުނު މީޓިން ތަކުގެ އިތުރުން އެހެން ބައްދަލުވުން ތަކެއްކުރިއަށް ގެންގޮސްގެން ކަމަށާއި ފަރުދާގެ ފުރަގަހުގައި ކުރިއަށް ގެންދިޔަ އެބައްދަލުވުންތަކުގެ ނިންމުންތައް ފަހުން ގެނެސް އެއަށް އަމަލުކުރަން ފެށުނު ކަމަށް ފާއިޒް ބުންޏެވެ. އަދި ވެރިކަން ބަދަލުވެގެން ދިޔައީ އެނިންމުން ތަކާ އެއްގޮތައް ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ކަމަށްވެސް ފާއިޒް ބުންޏެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް