ފަހުގެ ޚަބަރު


އިތުރަށް...

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

ލިޔުނީ: Unknown - Saturday, September 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ މިރޭ އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

ރަސްމީ ނަތީޖާ އާއި ވަގުތީ ނަތީޖާއާ އެއްވެސް ތަފާތެއް ނެތެވެ.

ރަސްމީ ނަތީޖާއިން ވެސް ދައްކާ ގޮތުގައި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދެވެ. ކުރީގެ ރައީސް ނަޝީދަށް 95،224 ވޯޓް ލިބިވަޑައިގެންފައިވާއިރު، އެއީ ވޯޓުލީ މީހުންގެ 45.45 ޕަސެންޓް ވޯޓެވެ. ނަޝީދާއެކު ދެ ވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 53،099 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 25.35 ޕަސެންޓެވެ.

އިންތިހާބުން ނާކާމިޔާބު ލިބިވަޑއިގެންނެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 50،422 ވޯޓެވެ. އެއީ 24.07 ޕަސެންޓް ވޯޓެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ރައީސް މުހައްމަދު ވަހީދަށް ލިބިވަޑައިގަތީ 10،750 ވޯޓެވެ. އެއީ 5.13 ޕަސެންޓް ވޯޓެވެ.

ފުރަތަމަ ބުރުގައި ވޯޓުލަން ޝަރުތު ހަމަވާ 239،593 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 211،890 މީހުންނެވެ. އޭގެތެރެއިން ސައްހަ ވޯޓުގެ އަދަދަކީ 209،495 ވޯޓެވެ. އަދި ބާތިލް ވޯޓުގެ އަދަދަކީ 2،395 އެވެ.

އިންތިހާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، އިލެކްޝަންސް ކޮމިޝަނަރު މިރޭ ވިދާޅުވީ ކޯޓުގައި މައްސަލަތައް ހުރި ނަމަވެސް ދެ ވަނަ ބުރުގެ މަސައްކަތްތަކަކަށް އެ ކަންކަމުން ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ދެ ވަނަ ބުރުގެ ވޯޓުލުން ބާއްވާނީ މި މަހު 28 ގަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް