ފަހުގެ ޚަބަރު


އިތުރަށް...

ގައިޑްލައިންއާ ޚީލާފަށް އިންތިހާބު ނުބޭއްވުމަށް ސުޕްރީމްކޯޓުން އަމުރު ނެރެފި

ލިޔުނީ: Unknown - Tuesday, October 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ 16 ނުކުތާގެ ގައިޑްލައިންއާއި އެއްގޮތަށް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން އަނެއްކާވެސް އަމުރެއް ނެރިފިއެވެ.

މީގެ ކުޑައިރުކޮޅެއްގެ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ރާއްޖޭގައި ބޭއްވޭ އެކި އެކި އިންތިހާބުތަކަކީ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދެފުށްފެންނަ ގޮތަށް ބޭއްވޭ، އިންސާފުވެރި އިންތިހާބުތަކެއްކަން ކަށަވަރު ކުރުމައްޓަކާ، ސްޕްރީމް ކޯޓުގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބޭއްވޭ އިންތިހާބުތަކަކަށް ވާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ސެޕްޓެމްބަރު 7 ވަނަ ދުވަހު ބޭއްވުނު އިންތިހާބު ބާތިލްކޮށް މިމަހު 20ގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ދުވަހަށް އިންތިހާބު ބޭއްވިފައި ނެތުމަކީ، ގަޒިއްޔާގައި ބަޔާންކޮށްފައިވާ ގައިޑްލައިންތަކާއި ހިލާފަށް އިންތިހާބެއް ބޭއްވުން ގާނޫނީ ގޮތުން ހުއްދަ ކުރެވޭނެ ސަބަބެއް ނޫންކަމަށް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

މިއީ އިންތިޙާބާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ނެރުނު ހަތަރު ވަނަ އަމުރެވެ. މިއިން ކޮންމެ އަމުރެއްގައިވެސް ސޮއިކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިންކަން ފާހަގަކޮށްލަންޖެހެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް