ފަހުގެ ޚަބަރު


އިތުރަށް...

އަރްހަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް ދީފި

ލިޔުނީ: Unknown - Tuesday, October 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9ގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ވަކީލަކު ހަމަޖެއްސުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން ދީފި އެވެ.

އަރްހަމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ފަތިހު ގާތްގަނޑަކަށް 4:45 އެހާކަންހާއިރު ލޮރެންޒޯ ޕާކްތެރޭގައި ހުއްޓަ އެވެ.

އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ މއ. ސީނަރީވިޔު އާތިފް ރަޝީދާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާންގެ އިތުރުން ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފާއި ހަމަ އެރަށު އެވާބްލޫ މުހައްމަދު ވިސާމް ގެ މައްޗަށެވެ.

ގާޒީ ވިދާޅުވީ ކުރިން އެމީހުން ހަމަޖައްސާފައިވާ ވަކީލު ބަލައިނުގަތުމަށް ނިންމާފައި ވަނީ އޭނާގެ ސަބަބުން އެ މައްސަލަ ކުރިއަށް ގެންދިޔުމަށް ދަތިތަކާ ކުރިމަތިވެފައިވާތީ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެމީހުންގެ ތެރެއިން އާތިފް ބުނީ ވަކީލަކު ހަމަޖައްސާނެ ކަމަށް އާއިލާގެ ފަރާތުން ބުނެފައިވާ ކަމަށެވެ. އަދި ބުނީ އަމިއްލަ އަށް ވަކީލަކު ހަމަނުޖެއްސުނަސް ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސަން ބޭނުންނުވާ ކަމަށެވެ.

ސުފުޔާން ބުނީ ވަކީލަކު ހަމަޖައްސަން އަދި ވެސް މައްސައްކަތް ކުރަމުން އަންނަ ކަމަށާއި މަރުގެ މައްސަލައަކަށްވާތީ ވަކީލަކު ހަމަޖައްސަން އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަމިއްލައަށް ވަކީލަކު ހަމަނުޖެއްސިއްޖެ ނަމަ ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ވިސާމް ބުނީ މިހާތަނަށް ވަކީލަކު ހަމަޖެއްސިފައި ނުވަނީ އާއިލާގެ ފަރާތުން ފޯނު ނުގާތީ ކަމަށާއި އެކަމަށް ވަތުތު ބޭނުންވާ ކަމަށެވެ. އަދި ބުނީ ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސަން ބޭނުންނުވާ ކަމަށެވެ.

އެއްވެސް ގޮތަކަށް ވަކީލަކު ބޭނުން ނުވާކަމަށް ކުރިން ބުނެފައިވާ މަންސޫރު މިއަދު ބުނީ އާއިލާގެ ފަރާތުން އެދެމުންދާތީ ވަކީލަކު ހަމަޖައްސަން އޭނާ ބޭނުންވާ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަކީލަކު ހަމަޖައްސަން އެމީހުންނަށް ފުރުސަތުދީފައިވާ ކަމަށެވެ. އޭގެ ފަހުން މިއަދާ ހަމައަށް ފާއިތުވި ދުވަސްތަކަށް ބަލާ އިރު އެއީ އެކަށީގެންވާ މުއްދަތެއް ކަމަށް ދެކޭ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ދެން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި ވިދާޅުވީ އަމިއްލައަށް ވަކީލަކު ހަމަނުޖެއްސޭނަމަ ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސަން އެދިފައިވާ ފަރާތްތަކަށް އެ ފުރުސަތު އެދުވަހު ދޭނެ ކަމަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ބައެއް ހެކީންގެ ހެކިބަސް މީގެކުރިން ވަނީ ނަގާފަ އެވެ.

މަސްދަރު: ސަން އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް