ފަހުގެ ޚަބަރު


އިތުރަށް...

މިމަހު 9 ގައި ބާއްވާ އިންތިޚާބުގެ ވޯޓު ލިސްޓު އާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ލިޔުނީ: Unknown - Tuesday, October 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ލިސްޓު އާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ،  ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ  މިއަދުގެ ހެނދުނު ނުވައެއް ޖަހާއިރުން ފެށިގެން ހަވީރު ހަތަރެއް ޖަހަންދެން ކަމަށެވެ.

އެކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި ވޯޓާސް ލިސްޓު މިއަދު އާއްމުކޮށްފައިވަނީ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑޭޓާ ބޭސް މަސްދަރަކަށް ބަލައިގެންނެވެ.

އިލެކްޝަނުން މައުލޫމާތުދޭ ގޮތުގައި ވޯޓުލުމަށް ޝަރުތު ފުރިހަމަވާ މީހުންގެ ލިސްޓު އެކޮމިޝަނުގެ ވެބްސައިޓުންނާއި ރަށްރަށުގެ ކައުންސިލު އިދާރާތަކުން ފެންނަން ހުންނާނެއެވެ. މީގެ އިތުރުން ލިސްޓާއި ބެހޭ މައުލޫމާތު 1414 އަށް މެސެޖުކޮށްގެންނާއި ފޯނުން ގުޅައިގެން ވެސް ސާފު ކުރެވޭނެ އެވެ.

އިލެކްޝަންސް އިން ބުނީ އެލިސްޓަށް ޝަކުވާ ހުށައަޅާނީ ރަޖިސްޓްރީއާ ބެހޭ ޝަކުވާ ހުށައަޅާ ފޯމުން ކަމަށެވެ. އަދި އެ ފޯމް ދޫކުރުމާއި ބަލައިގަތުން އެކޮމިޝަންގެ ރިސެޕްޝަން އާއި ރިޔާސީ އިންތިހާބު ރެޖިސްޓުރޭޝަން މައި މަރުކަޒުންނާއި ހުރިހާ ރަށެއްގެ ވެސް ކައުންސިލް އިދާރާ އިން ލިބެން ހުންނާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން އިން މިހާރު ހަމަޖައްސާފައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރު މިއަންނަ މަހުގެ 9 ވަނަ ދުވަހު އަދި ދެވަނަ ބުރު އެ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް