ފަހުގެ ޚަބަރު


އިތުރަށް...

ނަސްރީނާގެ ދަތްޕިލަ ރީތިކުރަން 9095 ޑޮލަރު ޚަރަދުކޮށްފައިވާކަން ހާމަވެއްޖެ

ލިޔުނީ: ޢަލީ ޔާސިރު - Tuesday, October 22, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރަން ތިރީސް އަހަރުގެ ވެރިޔާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ދަތްޕިލަ ރީތިކުރަން 9095 ޑޮލަރު ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ، ރޭ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ޓުވިޓާގައި ލީކުކޮށްފައިވާ، ރައީސް މައުމޫންގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުން ކޮށްފައިވާ ޚަރަދުތަކުގެ ލިޔުންތަކުންނެވެ.

މީގެ އިތުރުން ރޭ ރޮޒޭނާ ލީކުކޮށްލާފައިވާ ބައެއް ލިޔުންތަކުން އެނގޭ ގޮތުގައި، ރައީސް މައުމޫން ދެ ހަފްތާއަށް ސިންގަޕޫރުގައި އުޅުމަށް އެކޮމޮޑޭޝަންއަށް، 20,481.11 ޑޮލަރު ވަނީ ހަރަދުކޮށްފައެވެ.

މީގެ އިތުރުން ވެސް ރިޔާސީ ގަނޑުވަރުން ކޮށްފައިވާ އެތައް ޚަރަދަކާ ބެހޭ ތަފްސީލީ ރިޕޯޓުތައް މިރޭ ރޮޒޭނާ ވަނީ ލީކުކުރައްވާފައެވެ. އެގޮތުން މައުމޫންގެ ދަނބިދަރިފުޅު އަދި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 ވަނަ ދުވަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއްގެ އެކޮމޮޑޭޝަންއަށް 8269.58 ޑޮލަރު ޚަރަދުކޮށްފައިވާ ކަންވެސް ވަނީ ހާމަވެގެން ގޮސްފައެވެ.
މީގެ އިތުރުން މައުމޫންގެ ދަރިލަކުން ޣައްސާން މައުމޫންގެ އަނބިކަނބަލުން ފާތުމަތު ސުވީތާގެ މެޑިކަލް ހަރަދުގެ ގޮތުގައި 4348.72 ޑޮލަރާއި، 2008 ވަނަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު ޔުމްނާ މައުމޫންގެ އެކޮމޮޑޭޝަންއަށް 28291.35 ޑޮލަރާއި، ފާތުމަތު ޝީރީން ޑޮކްޓަރަށް ދެއްކުމަށް 3775.43 ޑޮލަރަކާއި، 2007 ވަނަ އަހަރުގެ ފެބުރުއަރީ 22 ވަނަ ދުވަހު ގުރޭޝާ ޖަލީލްގެ މެޑިކަލްއަށް 11982.03 ޑޮލަރު ދެއްކި ކަމުގެ ލިޔުންތައް ރޮޒޭނާ  ވަނީ ލީކުކުރައްވާފައެވެ.

ހަމަމިއާއެކު، ޤާސިމް އިބްރާހިމް ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ތީމުގޭ ބޭނުމަކަށް ސްރީލަންކާގައި ކުރައްވަން ޖެހޭ ޚަރަދުތަކަށް، 3،465،974.91 ސްރީލަންކަން ރުޕީސް ހޯދުމަށް ޤާސިމްއަށް ރިޔާސީ ގަނޑުވަރުން ފޮނުވި ސިޓީއެއްވެސް ރޮޒޭނާ ވަނީ ލީކުކުރައްވާފައެވެ.
ރައްޔިތުންގެ ފައިސާއިން ގިނަ ޚަރަދުތަކެއް އެއްވެސް ޚިޔާލެއް ފިކުރެއްނެތި ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ކުރައްވާފައިވާއިރު، 2007 ވަނަ އަހަރުގެ ޑިސެމްބަރު 6 ވަނަ ދުވަހު 17 މީހަކާ އެކު ޖިއްދާއަށް ދިއުމަށް ރައީސް މައުމޫންއާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވަނީ 40،000 ޑޮލަރު ހޭދަކުރައްވާފައެވެ.
މަސްދަރު: ޓައިމްސް
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް