ފަހުގެ ޚަބަރު


އިތުރަށް...

އިންތިހާބުގެ ތާރީހަކީ "ބަޣާވާތު"ގެ ބައިވެރިންގެ ރޭވުމުގެ ނަތީޖާ: ރައީސް ނަޝީދު

ލިޔުނީ: ޢަލީ ޔާސިރު - Tuesday, October 22, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ:
އަންނަ ނޮވެމްބަރު މަހުގެ ނުވައެއްގައި އިންތިހާބު ބާއްވަން އިލެކްޝަނުން އިއުލާނުކުރި ރިޔާސީ އިންތިޚާބުގެ ތާރީޚަކީ ހީލަތްތެރި ރޭވުމެއްގެ ނަތީޖާ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އަންނަ ނޮވެމްބަރު 9 ވަނަ ދުވަހު ފުރަތަމަ ބުރު އަދި ދެވަނަ ބުރު 16 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ރޭ އިއުލާނު ކުރެއްވުމާއެކު އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

އެއީ، " ބަޣާވާތުގެ ބައިވެރިން ގާނޫން އަސާސީގެ ބާރު ކަނޑުވާލާ، ދިވެހި ވެރިކަން ފިރުކާލުމަށް ހިންގެވި ހީލަތްތެރި ރޭވުމުގެ ނަތީޖާ" ކަމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓްގައި ވެއެވެ.

ނަޝީދު ވިދާޅުވެފައި ވަނީ އެތާރީޚް ތަކަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަން ދިވެހި ވެރިކަން ފިރުކާލުމަށް ހިންގެވި ހީލަތްތެރި ރޭވުމެއްގެ ނަތީޖާ ކަމަށެވެ.

ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގައި އިންތިހާބެއް ބާއްވާ އިންތިހާބު ކުރެވޭ ވެރިޔަކު ނޮވެމްބަރު 11 ގެ ކުރިން މަގާމުގެ ހުވާ ކުރައްވަން ޖެހޭނެއެވެ. އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބު ފުރަތަމަ ބުރުން ނުނިމިއްޖެ ނަމަ ދެން އެތާރީހަށް ރައީސަކު ހުވާ ކުރުމަކީ ނުކުރެވޭނެ ކަމެކެވެ.

އެމްޑީޕީން ބުނަމުން އައީ ނޮވެމްބަރު 11 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބޭއްވި ނޮވެމްބަރު 11 ވަނަ ދުވަހު އާ ރައީސް ރައީސް ކަމުގެ ހުވާ ކުރައްވަން ޖެހޭނެ ކަމަށެވެ.

އިންތިހާބުގެ ތާރީހު އިއުލާނު ކުރުމާއެކު ޕީޕީއެމާއި ޖުމްހޫރީ ގުޅުމުން ވެސްވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް އެދެޕާޓީގެ ފަރާތުން ވެސް ބައިވެރިވާނެ ކަމަށް ވަނީ ބުނެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް