ފަހުގެ ޚަބަރު


އިތުރަށް...

އަޅުގަނޑަށްވެސް ރަނގަޅީ އެއްބުރުން އިންތިޚާބު ކާމިޔާބު ކުރިއްޔާ- ރައީސް ވަޙީދު

ލިޔުނީ: ޢަލީ ޔާސިރު - Tuesday, October 22, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރައީސް ވަޙީދުވެސް ބޭނުންފުޅު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު “އެއްބުރުން” ނިމުން ކަމުގައި އެމަނިކުފާނު އިއްޔެ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަހީދު މިހެން ވިދާޅުވުމަށް ފަހު ހިނިފުޅުވަޑުވާލެއްވުމަށް ފަހު ފަހުން ވިދާޅުވީ “ކޮންމެވެސް އެއްކެންޑިޑޭޓަކު އެއްބުރުން” އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ދެވަނަ ބުރަކަށް ނުގޮސް ނިމިއްޖެނަމަ ރަނގަޅު ކަމަށެވެ.

ރައީސް މިހެން ވިދާޅުވިއިރު އެމްޑީޕީން ބުނަމުން ދަނީ “އެއްބުރުން” އިންތިޚާބު މިފަހަރު ނިންމާލާނެ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ރާގު މިހާރު ބޮޑަށް ހުރީ އެމްޑީޕީއާއެކު ދެވަނަ ބުރަކަށް ދިޔުމަށެވެ. ބައެއްގެ ހީލަތްތެރި ރޭވުމުން ފަސްކުރަމުން އަންނަ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު އަނެއްކާވެސް ރޭ ވަނީ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރައްވާފައެވެ.

ރޭ އިޢުލާނުކުރެއްވިގޮތުން އިންތިޚާބުގެ ފުރަތަމަ ބުރު އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާއިރު ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ ނޮވެމްބަރު 16 ވަނަ ދުވަހުއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް