ފަހުގެ ޚަބަރު


އިތުރަށް...

ފަނޑިޔާރުގެއަށްވެސް ފާޑުކިޔޭނެ: ޕްރޮސެކިއުޓަރ ޖެނެރަލް

ލިޔުނީ: Unknown - Wednesday, October 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދައުލަތުގެ ހުރިހާ މުވައްސަސާތަކުންވެސް ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ކުރެއްވި ސުވާލަކާއި ގުޅިގެން ޕީޖީ މުއިއްޒު ވިދާޅުވީ އަދި ފަނޑިޔާރު ގެއަށްވެސް ވަކި އިމެއްގެ ތެރޭގައި ފާޑު ކިޔޭނެކަމަށެވެ. ނަމަވެސް އެމްޑީޕީން މިހާރު ކުރަމުންދާ މުޒާހަރާތައް ބެލިފައި ނެތުމުން އެފަދަ މުޒާހަރާތަކުގައި ފަނޑީޔާރުންނަށް ފާޑު ކިޔަނީ ގާނޫނީ އިމުގެ ތެރެއިންކަން ނުވަތަ ނޫންކަން ބުނަން ދަތިކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވެއްޖެއްޔާ ހުރިހާ މުވައްސަސާތައްވެސް ޖަވާބުދާރީ ވަންޖެހޭނެ ރައްޔިތުންނަށް. ފަނޑިޔާރު ގެއަށްވެސް ފާޑުކިޔޭނެ ވަކި އިމެއްގެ ތެރޭގައި،" މުއިއްޒު ވިދާޅުވިއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯއެއް އާންމުވެފައިވާއިރު ޕީޖީ ވިދާޅުވީ އެފަދަ ފަނޑިޔާރުންނާއިމެދު ފިޔަވަޅު އެޅުމަކީ އެހެން މުވައްސަސާއަކާއި ހަވާލުކުރެވިފައިވާ ގާނޫނީ މަސްއޫލިއްޔަތެއްކަމަށެވެ. އަދި ގާނޫނު އަސާސީގައިވާގޮތުން މީހެއްގެ މައްޗަށް ކުށެއްސާބިތުނުވާ ކޮންމެ މީހަކީ ކުށެއް ނެތް މީހެއްކަމަށްވެސް ޕީޖީ މުއިއްޒު ވިދާޅުވިއެވެ.

"އެކަމަކީ ވަކި މުވައްސަސާއަކަށް (ޖޭއެސްސީއަށް) އިހްތިސާސް ލިބިގެންވާ ކަމެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުން. އެއީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި އެބަބުނޭ އެކަށީގެންވާ މިންވަރުގެ ޝައްކައްނެތި ޝަރީއަތުގައި ސާބިތު ނުކުރެވޭނަމަ އެމީހަކީ ކުށެށް ނެތް މީހެކޭ. އެހެންވީމަ އަޅުގަނޑަކަށް ނުދެންނެވޭ ދެއްތޯ އެއްގޮތަކަށްވެސް ފަނޑިޔާރުންގެ ބެންޗްގައި ކުށެއް ކޮއްފައި ހުރި މީހަކު ހިމެނިގެން ވާކަމަކަށް،" ޕީޖީ އަހްމަދު މުއިއްޒު ވިދާޅުވިއެވެ.

ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކާއި ގުޅިގެން ޕީޖީ ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ފުލުހުންވެސް ބަލަމުންދާކަމަށެވެ.

ޖޭއެސްސީގެ ގާނޫނުގައި ބުނާގޮތުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ފެންމަތިވެއްޖެނަމަ އެމައްސަލައަކާއިމެދު 24 ގަޑީރުތެރޭގައި ގޮތެއް ނިންމަންޖެހޭނެއެވެ. އަލީ ހަމީދުގެ މައްސަލަ ބެލުމަށް އެކޮމިޓީން ސަބްކޮމިޓީއެއް އެކުލަވާލާފައިވާއިރު، އަލީ ހަމީދު އާއިމެދު ފިޔަވަޅު އެޅުމަށް ސަބްކޮމިޓީން ނިންމިނަމަވެސް ޖޭއެސްސީން ނިންމާފައިވަނީ ފިޔަވަޅު އެޅުމަށް ނުފެންނަކަމަށެވެ. ސްޕްރީމް ކޯޓުން ބަލަމުންދާ މައްސަލަތަކުގައި ފަނޑިޔާރު އަލީ ހަމީދު މިހާރުވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް