ފަހުގެ ޚަބަރު


އިތުރަށް...

“އަފްރާޝިމްގެ ގާތިލުން ފޮރުވަން ވަހީދާއި ރިޔާޒު މަސައްކަތް ކުރި”

ލިޔުނީ: Unknown - Wednesday, October 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މީގެ އެއް އަހަރު ކުރިން އަވަހާރަކޮށްލެވުނު ޑރ. އަފްރާޝީމް އަލީގެ ގާތިލުން ފޮރުވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މަސައްކަތް ކުރި ކަމަށް ވަހީދުގެ ސަރުކާރުގައި ހިއުމަން ރައިޓްސް އެމްބަސެޑަރުކަން ކުރެއްވި އަހްމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ) ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 2 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވަނިކޮށް އަވަހާރަކޮށްލެވުނު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި ގާތިލުން ފޮރުވަށް ރައީސް ވަހީދާއި ކޮމިޝަނަރ ރިޔާޒު މަސައްކަތް ކުރިކަމަށް ސަންދާނު އަހަންމައިދީ ހާމަކޮށްފައިވަނީ ރޭ ކުރެއްވި ޓުވީޓެއްގައެވެ.

މި ޓުވީޓުގައި އަހަންމައިދީ ވިދާޅުވެފައިވަނީ، ރައީސް ވަހީދުގެ ސަރުކާރުގައި ހިއުމަން ރައިޓްސް އެމްބެސަޑަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު އެސަރުކާރާއި ދުރުވެފައިވަނީ ޑރ. އަފްރާޝިމް އަލީގެ ގާތިލުން ފޮރުވުމަށް ރައީސް ވަހީދާއި އަބްދުﷲ ރިޔާޒު މަސައްކަތް ކުރި ހިސާބުން ކަމަށެވެ.

މީގެ އިތުރުން 2012 ވަނަ އަހަރުގެ ފެބުރުއަރީ 7އަށްފަހު އެމްޑީޕީގެ މުޒާހަރާއަކުން ފުރަތަމަ ފަހަރަށް އަހަންމައިދީ ފެންނާނީ އަންނަ އޮކްޓޫބަރު 11 ވަނަ ދުވަހު އެމްޑީޕީން ބާއްވާ މުޒާހަރާގައިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސަންދާނު އަހަންމައިދީ ވަހީދުގެ ސަރުކާރުގައި ހިއުމަން ރައިޓްސް އެމްބަސެޑަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ މިއަހަރުގެ ޖުލައި 2 ވަނަ ދުވަހުއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް