ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ނަޝީދާއި ރައީސް ވަހީދު ބައްދަލުކުރައްވައިފި

ލިޔުނީ: Unknown - Wednesday, October 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައްދަލުކުރައްވައިފިއެވެ.

މި ދެބޭފުޅުން މިރޭ ބައްދަލުކުރައްވާފައިވަނީ މުލިއާގޭގައެވެ.

މި ދެ ބޭފުޅުން ކުއްލި ގޮތަކަށް ބައްދަލުކޮށްފައިވަނީ ކޮން ސަބަބަކާ ހުރެކަމެއް އަދި ދެބޭފުޅުން މަޝްވަރާކޮށްފައިވަނީ ކޮންކަމަކާ ބެހޭގޮތުން ކަމެއް އެނގިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު ވަހީދާއި ބައްދަލުކޮށްފައިވަނީ ސަރުކާރުގެ ދައުވަތަކަށެވެ.

މިކަމާއި ގުޅޭ ގޮތުން، ރައީސް ނަޝީދުގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ގުޅޭ ގޮތުން ރައީސް ވަޙީދު ހުންނެވީ އުނދަގޫވެވަޑައިގެން ކަމަށާއި، އަދި މިއަދު ރައީސް ވަޙީދު ޤައުމާވެސް މުޚާތަބްކުރައްވާފައިވުމުން، އެކަމާއި ގުޅޭ ގޮތުން އެދެބޭފުޅުން މަޝްވަރާކުރައްވާނެކަމަށް ބެލެވޭކަމަށެވެ.
 
މި ދެބެފުޅުންގެ ބައްދަލުވުމަށްފަހު މީޑިޔާއާ ވާހަކަ ދެއްކުމަށް ދެބޭފުޅުންވެސް ވަނީ އުޒުރުވެރިވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް