ފަހުގެ ޚަބަރު


އިތުރަށް...

ދައުރުގެ ފަހުން ހުންނާނެ ވެރިޔަކާއިމެދު މަޖިލީހުން ގޮތެއް ނިންމުމަށް އެދިވަޑައިގެންފި

ލިޔުނީ: Unknown - Thursday, October 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ރައީސުލްޖުމްހޫރިއްޔާއަކު އައްޔަން ނުކުރެވިއްޖެނަމަ ރައީސް ކަމުގައި ހުންނަވާނެ ބޭފުޅަކާއިމެދު ނުވަތަ ވެރިކަން ހިންގާނެ ގޮތަކާއިމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އެދިވަޑައިގަންނަވައިފިއެވެ.

ރައީސް ވަހީދު މިކަމަށް އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއަށް ފޮނުއްވި ސިޓީފުޅެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮހީހުން ބުނެއެވެ.

ރައީސް އޮފީހުންބުނީ ރައީސް ވަހީދު މިކަމަށް އެދިވަޑައިގެންނެވީ ރައީސަކު ނެތުމުގެ މައްސަލާގައި ގޮތެއް ނިންމާ ހައްލެއް ހޯދައިދިނުމަށް އެންމެ އެކަށީގެންވާތަނަކީ ރައްޔިތުންގެ މަޖިލިސްކަމަށް ވާތީ ކަމުގައެވެ.

"މިހާރު އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ތާރީޚުތަކުގައި އިންތިޚާބު ބާއްވަވާނަމަ، 11 ނޮވެމްބަރ 2008ގައި ފެށުނު ރިޔާސީ ދައުރު ހަމަވާއިރު، ޤާނޫނުއަސާސީގެ 111 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބުކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުސަތު އޮތުމާއެކު، މި ޙާލަތަކީ ޤާނޫނީ މައްސަލަތަކެއް ދިމާވާނެ ޙާލަތަކަށްވާތީ، އަދި މި މައްސަލަ ޙައްލުކުރެއްވުން އެންމެ އެކަށީގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމުގައިވާތީ، މި މައްސަލައަށް ޙައްލެއް ހޯއްދެވުމުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުން އިސްނަންގަވައިގެން ކުރިއަށް ގެންގޮސްދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް މިއަދު ސިޓީފުޅެއް ފޮނުއްވައިފިއެވެ" ރައީސް ވަހީދު މަޖިލީހުގެ ރައީސް އަށް ފޮނުއްވި ސިޓީފުޅާއި ގުޅޭގޮތުން ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ރައީސުލްޖުމްހޫރިއްޔާ މިމޭރުމުން ސިޓީފުޅެއް ފޮނުއްވިއިރު 11 ނޮވެމްބަރުގެ ފަހުން މަޤާމުގައި ދެމި ނުހުންނަވާނެކަމަށް ރައީސް ވަހީދު މީގެކުރިންވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް 11 ނޮވެމްބަރުގެ ފަހުންވެސް މަޤާމުގައި ދެމިހުންނެވުމަށް ރައީސް ވަހީދުގެ އަރިހުން ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން މިހާރުވަނީ އެދިފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް