ފަހުގެ ޚަބަރު


އިތުރަށް...

އަބްދުﷲ އަބްދުއް ރަޙީމް އަނެއްކާވެސް އެމްޑީޕީއާއި ގުޅިވަޑައިގެންފި

ލިޔުނީ: Unknown - Wednesday, October 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަޙީމް އަނެއްކާވެސް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. ޢަބްދުއްރަހީމް މީގެ ކުރިންވެސްވަނީ އެމްޑީޕީއާއި ދެފަހަރެއްގެ މަތިން ގުޅިވަޑައިގެން އެމްޑީޕީގައި މަސައްކަތް ކުރައްވާފައެވެ.

ޢަބްދުއްރަހީމް އެމްޑީޕީއާއި ގުޅިވަޑައިގެންނެވިކަން އެމްޑީޕީގެ ބައެއް ޕާލިމެންޓޭރިއަންގެ ޓްވީޓްތަކުން މިހާރު ހާމަވަމުން އެބަދެއެވެ. އަގޮތުން މިއަދު 2:34 މިނެޓްގައި ހުޅުމީދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދާދި ދެންމެއަކު ޢަބްދުﷲ ޢަބްދުއްރަހީމް އެމްޑީޕީއަށް ސޮއިކުރައްވާފައިވާކަމަށެވެ.

ޢަބްދުއްރަހީމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ސާފު އަގުލަބިއްޔަތާއެކު އެމްޑީޕީއަށް ގުޅިވަޑައިގެންފައިވާކަމަށާއި، ޤާނޫނު އަސާސީއާއި ޑިމޮކްރަސީ ނެގެހެއްޓުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ޑީއާރްޕީއާއި އެމްޑީޕީގެ އެންމެހައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ. 
މީގެ އިތުރުން ކުރިން ތިމަރަފުށީ ދާއިރާގެ ގޮނޑި ފުރުއްވި މުސްތަފާވެސް ވަނީ ޢަބްދުއްރަހީމަށް ޓްވީޓަކުން މަރުޙަބާ ދަންނަވާފައެވެ. 

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަޙީމް އެމްޑީޕީއަށް ގުޅިވަޑައިގެންނެވުމުން، އެކަމަށް އެމްޑީޕީގެ ޗެއާޕާރސަން ރީކޯ މޫސާ މަނިކުވަނީ އެމްޑީޕީގެ އެންމެހައި މެމްބަރުންގެ ފަރާތުން އޭނާއަށް މަރުޚަބާ ވިދާޅުވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން، މޫސަ ވިދާޅުވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަޙީމް އެމްޑީޕީއަށް ގުޅިވަޑައިގަތުމާއެކު މިހާރު އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ އަދަދު 34 އަރާފައިވާކަމަށެވެ.

އަދި ޑީއާރްޕީގެ ޕާލިމެންޓަރީ ގުރޫޕުގެ މެމްބަރުންނާއެކު މިހާރު އެމްޑީޕީއަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބިފައިވާކަމަށާއި، މިކަމުގެ ސަބަބުން، މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ކުރުމުގައި ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެކަމަށެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް