ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ވަހީދު މަގާމުގައި ދެމިހުންނެވުމަށް ދަންނަވަން އަދާލަތު ޕާޓީންވެސް ނިންމައިފި

ލިޔުނީ: Unknown - Wednesday, October 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ބަޣާވާތަކުން ވައްޓާލުމުގައި އިސްވެ ޙަރަކާތްތެރިވި އަދާލަތު ޕާޓީގެ ފަރާތުން ރައީސް ވަހީދު މަގާމުގައި ދެމި ހުންނެވުމަށް ދަންނަވަން އެޕާޓީގެ ކައުންސިލުން މިރޭނިންމައިފި އެވެ.

ދިމިކްރާތީގެ ވާހަކަ ހަރުއަޑުން ދައްކަވާ ޤައުމަށްޓަކައި ދީނަށްޓަކައި ކަމަށް ކޮންމެކަމެއް ހައްދަވާކަމަށް ދައްކަވަމުން އަންނަ  ޕީޕީއެމްގެ ކައުންސިލުން ވެސް މީގެކުރިން މިފަދަ ނިންމުމެއް ނިންމާ ރައީސް ވަހީދަށް މަޢުމޫން ސޮއިކުރައްވާ ސިޓީއެއް ފޮނުވާފައިވެ އެވެ.

އަދާލަތު ޕަޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވީ ސުޕްރީމް ކޯޓުން ކުރިން ހުކުމުގައި ރިއާޔަތްކޮށްފައިވާ ގޮތުން ނޮވެމްބަރު 11 އަންނައިރު ރައީސަކު އިންތިހާބު ނުކުރެވިއްޖެނަމަ މިހާރު އޮތް ވެރިކަން ރައީސަކު އިންތިހާބު ކުރެވެން ދެން އޮންނާނެ ކަމަށެވެ.

ރައީސަކު އިންތިހާބު ނުކުރެވިއްޖެނަމަ ދެން ކަންތައް ކުރާނެ ގޮތެއް އެއްވެސް ގާނޫނެއްގައި ނެތުމުން ކޯޓުތަކުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ. ނަމަވެސް ބޮޑު އިންތިހާބެއް ބާއްވަން އުޅޭއިރު ކޯޓަށް ގޮސްގެން ދުވަސްތަކެއް އެކަމަށް ހޭދަވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.

ރައީސް ވަހީދު ނޮވެމްބަރު 11 ގެ ފަހުން ދެމިނުހުންނަވާނެ ކަމަށް ވިދާޅުވެފައިވާތީ އަދާތު ޕާޓީގެ އެދުމަކީ އެ ނިންމެވުން ބަދަލުކުރައްވާ ގައުމީ މަސްލަހަތަށްޓަކައި ރައީސް ކަމުގައި ރައީސް ވަހީދު މަޑުކުރެއްވުން ކަމަށާއި އެއީ ގައުމަށްޓަކައި މިވަގުތު ކޮށްދެވޭނެ ވަރަށް ބޮޑު ހެޔޮކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް