ފަހުގެ ޚަބަރު


އިތުރަށް...

މަޖިލީހުގެ ރައީސާ ވެރިކަން ހަވާލު ކުރަން ފާސްކޮށްފި

ލިޔުނީ: ޢަލީ ޔާސިރު - Sunday, October 27, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ނޮވެމްބަރު 11 ގައި ރައީސަކު އިންތިހާބު ނުކުރެވިއްޖެ ނަމަ މަޖިލީހުގެ ރައީސާއި ވެރިކަން ހަވާލު ކުރުމަށް ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ހުށަހެޅުއްވި ގޮތަށް ވެރިކަން މަޖިލީހުގެ ރައީސާއި ހަވާލު ކުރުމަށް ފާސްކޮށްފައިވަނީ، 39 ވޯޓުންނެވެ. ވަކިކޮޅަކަށް ނުޖެހޭ އެއް މެންބަރަކު އިންނެވިއެވެ. އިބޫގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހުޅުހެންވޭރު ދައިރާގެ މެންބަރު މޫސާ މަނިކެވެ.

މީގެ އިތުރުން އިންތިގާލީ މަރުހަލާއަށް ތައްޔާރުވުމުގެ ގޮތުން އަވަހަށް ނިންމަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ފެނިވަޑައިގަންނަވާ ކަންކަން އަވަހަށް ކޮށްނިންމުމުގެ އިހްތިޔާރާއި ބާރު މަޖިލީހުގެ ރައީސްއަށް ލިބިގެންވާކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި ހުށަހެޅުއްވުންވެސް ވަނީ މިއަދު ފާސްކޮށްފައެވެ. އެ ހުށަހަޅުއްވުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބުދުﷲ އެވެ.

އަލީ ވަހީދުގެ ހުށަހެޅުން ވެސްވަނީ 37 މެންބަރުންގެ ވޯޓާއެކު ފާސްވެފައެވެ. އަލީ ވަހީދުގެ ހުށަހެޅުއްވުމައި ދެ މެންބަރަކު ދެކޮޅު ހެއްދެވިއެވެ. އެއް މެންބަރަކު ވަކިކޮޅަކަށް ޖެހިވަޑައިނުގެން އިންނެވިއެވެ.

މިވޯޓުގައި ޕީޕީއެމާއި ޖުމްހޫރީ ގުޅުމަށް ތާއީދު ކުރާ ފަރާތްތަކުން ބައިވެރިވެފައެއް ނުވެއެވެ. ޕީޕީއެމާއި ޖުމްހޫރީ ގުޅުމަށް ތައީދު ކުރާ ފަރާތްތަކުންވަނީ އެމްޑީޕީގެ ހުށަހެޅުމައި ދެކޮޅު ހަދާފައެވެ.

މަޖިލީހުގެ ރައީސާ ވެރިކަން ހަވާލު ކުރުމަށް މިއަދު ފާސް ކުރިއިރު، ސްޕްރީމް ކޯޓުންވަނީ ނޮވެމްބަރު 11 ގެ ފަހުން ވެސް މިހާރުގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަށް ހުންނެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ރައީސް ވަހީދުވަނީ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ވަހީދުގެ މިނިންމުމާއި ގުޅިގެން އެމްޑީޕީއާއި އިދިކޮޅު ޕާޓީތަކުންދަނީ ރައީސް ވަހީދު ދެމިހުންނެވުމަށް އެމަނިކުފާނަށް ދަންނަވަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް