ފަހުގެ ޚަބަރު


އިތުރަށް...

ޔާމީން ރައީސް ނަޝީދާއި ބައްދަލުކުރައްވަނީ

ލިޔުނީ: ޢަލީ ޔާސިރު - Sunday, October 27, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށް ޔާމީންގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން މީޑިއާތަކާއި ބައްދަލުކޮށް ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީންގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ވިދާޅުވީ، އެގޮތަށް ހުށަހެޅީ ޕީޕީއެމްގެ އިސްނެގުމުގެ މަތިން ކަމަށެވެ. އަދި މަޝްވަރާތަކަށް އެމްޑީޕީން އެއްބަސްވެފައިވާ ކަމަށާއި މަޝްވަރާތައް ކުރިއަށްދާނީ އެމްޑީޕީއާއި ޕީޕީއެމްގެ އެންމެ އިސްވެރިންގެ މެދުގައި ކަމަށް ވެސް މުއާޒު ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ މަޝްވަރާތަކާއި ގުޅިގެން ޔާމީން ސީދާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝިދާއި ބައްދަލު ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބައްދަލު ކުރައްވާނީ ފާޅުގައި މީޑިއާތަކަށް ވެސް ދައުވަތު ދީގެން ކަމަށް މުއާޒް ވިދާޅުވިއެވެ. ނަމަވެސް ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް އަދި އެނގިނުލައްވާ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ މަޝްވަރާ ކުރުމަށް މިހާތަނަށް ހުށަހަޅުއްވާފައިވަނީ ހަމައެކަނި އެމްޑީޕީއަށް ކަމަށެވެ.

"މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ވެސްވަނީ ވިދާޅުވެފައި ވަނީ ސިޔާސީ ހައްލެއް ކަމަށް ބޭނުންވަނީ، މިވަގުތު ފަރުދީ ޒިންމާއެއްގެ ގޮތުން ވެސް އަދި ޕާޓީއެއްގެ ގޮތުން އެޒިންމާ ވެސް އަޅުގަނޑުމެން ނަގާ ހިނދުގައި، ހަމަ މިރިޔާސީ އިންތިހާބުގެ ކަންތައްތައް ވީހާ ވެސް އަމާން އޮމާންކޮށް ގެންދިއުމައްޓަކާ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓުގެ އިސްނެންގެވުމުގެ މަތިން މިގޮތަށް ނިންމާފައިވާތީ މީޑިއާއާއި ހިއްސާ ކޮށްލީ،" މުއާޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ، މިމަހުގެ 19 ވަނަ ދުވަހު ބާއްވަން އުޅުނު އިންތިހާބުގެ ވޯޓާސް ލިސްޓުތަކުގައި ވެސް ދެ ކެންޑިޑޭޓަކު ސޮއި ނުކުރައްވާ ކަމަށެވެ. އެހެންކަމުން ކެންޑިޑޭޓުންގެ މެދުގައި އެއްބަސްވާން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ޔާމީން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެހެން ކެންޑިޑޭޓުން ބައިވެރިވެވަޑައިނުގަންނަވާ އިންތިހާބެއްގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ވެސް ބޭނުންފުޅުވެވަޑައިނުގަންނަވާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް