ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ނަޝީދު ބައިވެރިވެވަޑައިގެން ލ. ފޮނަދޫ މެދުއަވަށުގައި ކަންމަތީ ޖަލްސާއެއް މިއަދު ހެނދުނު ބާއްވައިފި

ލިޔުނީ: Unknown - Thursday, October 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ލ. ފޮނަދޫ މެދުއަވަށުގައި ކަންމަތީ ޖަލްސާއެއް މިއަދު ހެނދުނު ބާއްވައިފިއެވެ.

ލ. ފޮނަދޫ މެދުއަވަށު އާގެދަށު ސަރަޙައްދުގައި ހުންނަ 'ނިއުހޯމް ސިޓީ' އެމްޑީޕީ ޖަގަހަ ކައިރީގައި ބޭއްވި މި ބައްދަލުވުމުގައި ލ. އަތޮޅަށް އަދި ޚާއްޞަކޮށް ލ. ފޮނަދުއަށް އެމްޑީޕީ ސަރުކާރެއްގައި ކޮށްދެއްވުމަށް ނިންމަވާފައިވާ ކަންކަން ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުން ކުރިޔަށްދިޔަވަގުތު އެ ސަރަޙައްދާއި ކައިރި ހިސާބެއްގައި ހުންނަ ޕީޕީއެމް ޖަގަހައެއްގައިވަނީ އެންޓިކެމްޕޭން ކުރުމުގެ ގޮތުން އަންދަލުސް ދަރުސް ޖަހާފައެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން މިސްކިތްތަކުގައި ކިޔުމަށް ފޮނުވާފައިވާ ދުޢާއެއް ފޮނަދޫ މެދުއަވަށު މިސްކިތުގެ މުދިމުވަނީ އަޑުހަރުކޮށް ކިޔާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް