ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ވަހީދާއި ބައްދަލުކުރެއްވީ މަޝްވަރާތަކެއް ކުރަން - ނަޝީދު

ލިޔުނީ: Unknown - Thursday, October 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކައްދޫގައި މިއަދު ހެނދުނު ނޫސްވެރިންނާ ބައްދަލުކުރައްވަނީ - ފޮޓޯ: ރާއްޖެ އެމްވީ
ރައީސް ޑރ.ވަހީދާއި ބައްދަލުކުރެއްވީ ވެރިކަން ބަދަލުވުމުގައި އޮމާންކަމާއެކީގައި ކަންކަން ގެންދިޔުމުގައި މިވަގުތު ވެރިކަމުގައި ތިއްބެވި ފަރާތްތަކާއި ވާހަކަދައްކައިގެން ނޫނީ ކުރިއަށް ގެންދެވެން ނެތުމުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލ.އަތޮޅަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިވަގުތު ރައްޔިތުންގެ މެދުގައި އެތައް ޝައްކުތަކެއް އުފެދިފައިވާ ކަމަށާއި ޤާނޫނު އަސާސީގައި ކޮންމެ ގޮތަކަށް ބުނެފައިއޮތް ނަމަވެސް ވެރިކަން ބަދަލުކޮށް ނުދޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ހަރު އަޑު ވިދާޅުވަމުންދާ ކަމަށެވެ.

އަދި އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވިޔަ ނުދިނުމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެބޭފުޅުން މަސައްކަތް ކުރައްވަމުންދަނީ ރައްޔިތުންގެ ވެރިކަމެއްނުކޮށް އެބޭފުޅުންގެ މަސްލަޙަތު ހިމާޔަތްކޮށް ނުފޫޒުން ވެރިކަން ކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އިދިކޮޅު ފަރާތްތަކުން ހިސޯރުކޮށްފައި އޮތް ތަނަކަށް ރާއްޖެވާކަށް އެއްގޮތަކަށްވެސް ނޭދޭ ކަމަށް ވިދާޅުވެ ރައީސް މައުމޫނާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމިން އަބްދުލްޤައްޔޫމް ގަދައަޅާ މަސައްކަތް ކުރައްވަމުންދަނީ އެދެބޭފުޅުންގެ މަސްލަޙަތު ހިމާޔަތްކުރަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހުރިހާ ކަމެއް މިހެން ހުރުމުން ޑރ.ވަހީދާއި މިކަންކަން ހިއްސާ ކުރައްވާފައިވާ ކަމަށާއި އަދި ޙާއްސަކޮށް ވެރިކަންބަދަލުވެގެންދާއިރު ވެރިކަން ހިންގުމުގެ ބާރާއި ވެރިކަމުގެ ބާރުވެރި މިނިސްޓްރީތަކުން އެކަކަން ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް އޮވެގެން ވެރިކަން އަމާންކަމާއެކު ބަދަލުކުރެވިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމައް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ރައީސް ވަހީދަށް ހުށަހެޅުއްވި ކަންކަމާ މެދު އެމަނިކުފާނު ވިސްނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ މިބައްދަލުވުމާއި ގުޅޭގޮތުން މިއަދު ހެނދުނު ލ. ފޮނަދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ފޮނަދޫ ކެމްޕޭން ޕެޗްއެޖެންޓް މީޓިންގައި ވަރަށް ތަފްޞީލްކޮށް މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް