ފަހުގެ ޚަބަރު


އިތުރަށް...

ސިފައިންގެ 17 ބޭކަލުން ސޮއިކުރައްވާ ޗީފް އޮފް ޑިފެންސް ފޯހަށް ފޮނުވި ކަމަށްބުނާ ސިޓީ

ލިޔުނީ: Unknown - Thursday, October 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމަށް އެޑްރެސް ކުރައްވައި ދިވެހި ސިފައިންގެ އިސްސަފުގައި ތިއްބެވި ތަފާތު ރޭންކުތަކުގެ 17 ބޭފުޅުން ލިޔުއްވި ކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމު ވެއްޖެއެވެ.

އެސިޓީގެ މައިގަނޑު ބިނާކޮށްފައިވަނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސީސީގެ މާއްދާތަކުން ސަލާމަތީ ޚިދުމަތްތަކަށް ލިބިދީފައިވާ ބާރުތަކާއި، އެބޭފުޅުންގެ ޒިންމާތަކުގެ މައްޗަށެވެ. އަދި މިވަގުތު ރާއްޖޭގެ ކަންކަން ހިނގަމުންދާ ގޮތުން، ގަނޫނު އަސާސީގެ ހިމާޔަތުގައި ދެމިތިއްބެވުމަށް އެބޭކަލުން އަޒުމު ކަނޑައަޅުއްވާފައި ވާކަން 3 ސަފްހާގެ އެ ސިޓީން ދޭހަވެއެވެ.

ސިޓީ ނިންމާ ލައްވާފައިވަނީ “އެހެންކަމުން މިބެނުވުނު ހާލަތުގައި ކުރާ އަމުރުތަކެއްގެ ސަބަބުން މިމުވައްސަސާ ފުން އަނދަވަޅަކަށް ވެއްޓި، ލޯވަރ ރެންކްތަކުގައި މަސައްކަތްކުރާ ސިފައިންނާއި ސަބޯޑިނޭޓް ކޮމާންޑަރުން ޤާނޫނީ ގޮތުން އަނދިރި ގޮޅިޔަކަށް ފެތި (ކިޔާކަށްނޭންގޭ) އެމީހުންގެ މައްޗަށް ދައުވަ ކުރެވި އެމީހުންނަކީ ޤާނޫނީ ގޮތުން ކުށްވެރިވެގެން ދާނެ ބަޔަކަށް ވުމުގެ ބިރުވެސް އެބައޮތެވެ.”

“ވީމާ މިކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވެ، މިފަދަ ޙާލަތަކަށް މިމުވައްސަސާ ވެއްޓިގެން ދިޔަނުދިނުމަށް އިލްތިމާސްކޮށް، އަދި ހަމަ އެހެންމެ ޤާނޫނުގެ ތަރަހައިގެ ބޭރުން ހިނގާ ކަންކަމާ ދެކޮޅަށް ރިވެތި މިލިޓަރީ އަޚްލާޤާއި ގުޑްއޯޑަރގައި އަޅުގަނޑުމެން ސާބިތުކަމާއެކު ތިބޭނަމެވެ.”

މިސިޓީ ލިޔެފައިވާކަމަށް ބެލެވެނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވަންޖެހޭ ޤާނޫނީ ތާރީޚް 28 ސެޕްޓެމްބަރ 2013 ވީ ހޮނިހިރު ދުވަހުއެވެ. ތިރީގައި މިވަނީ މިސިޓީގެ ތިންސަފްހާގެ ކޮޕީއެވެ.


ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް