ފަހުގެ ޚަބަރު


އިތުރަށް...

ހަ މަސްދުވަހަށް ހާމިދު ޖަލަށް ލުމަށް ހުކުމް ކޮށްފި

ލިޔުނީ: ޢަލީ ޔާސިރު - Thursday, October 31, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބުދުލްޣަފޫރުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރި ކަމުގެ ދައުވާއަށް ކޯޓަށް ހާޒިރު ނުވުމުން، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ކުށުގައި ހަމަސްދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ހާމިދުގެ މައްޗަށް ހަމަސްދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ ޣައިރުހާޒިރުގައެވެ. ކޯޓަށް ހާޒިރު ނުވުމުން، ފުލުހުންގެ މައްޗަށް ހައްޔަރުގައި ބަހައްޓައިގެން ހާމިދު ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރުމާއި ގުޅިގެން ހާމިދު ރައްޔިތުން މަޖިލީހުގައި ދިރިއުޅުއްވަމުން ގެންދަވާތާ މިހާރު ވަނީ ހަފްތާއެއްހާ ދުވަސް ވެފައެވެ.

ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ މިމަހުގެ 10 ވަނަ ދުވަހާއި 23 ވަނަ ދުވަހާއި 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލް ކުރި އެމައްސަލައަށް ހާމިދު ހާޒިވުމުމަށް އަމުރު ކުރުމުން ކޯޓަށް ހާޒިރުވެފައިނުވާ ކަމަށާއި އަދި މިއަދު ބޭއްވުމަށް ތާވަލްކުރި މައްސަލައަށްވެސް ޗިޓާހަވާލުވެ ހާޒިރުވެފައިނުވާތީ ކޯޓުގެ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގައި ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުން ހާމިދު ހަ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.

ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ މެމްބަރު ހާމިދުގެ ކުޑަމުދާ ތަކެތި ދޭން އިންކާރުކުރި މައްސަލައިގެ ދައުވާއާއި ގުޅިގެން އެމައްސަލަ ބައްލަވަނީ އެކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.

ހާމިދުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ހދ. ހޮނޑައިދޫގައި މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުން ކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރުމުން ފުލުހުންގެ އެދުމަށް ކުޑަކަމުދާތަކެތި ދޭން އިންކާރުކުރެއްވި މައްސަލައިގައެވެ. ކްރިމިނަލް ކޯޓުން އުފުލާފައިވާ އެދައުވާ އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ދެ ފަހަރެއްގެ މަތިން ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވެސް ވެއެވެ. ނަމަވެސް މަޖިލީހުގެ އިދާރާގެ ތެރޭގައި ހާމިދު ހުންނެވުމުން ފުލުހުންނަށް އޭނާ ކޯޓަށް ހާޒިރުކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ފުލުހުން ހދ.ހޮނޑައިދޫގައި ހިންގި އެއޮޕަރޭޝަނުގައި ހާމިދުގެ އިތުރުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި ރައީސް މުހައްމަދު ނަޝީދުގެ ކުރީ ސްޕްސަލް އެންވޯއީ އިބްރާހިމް ހުސެއިން ޒަކީ އާއި ރައީސް ނަޝީދުގެ ޕްރެޝް ސެކްރެޓެރީ މުހައްމަދު ޒުހައިރުގެ އިތުރުން ޒުހައިރުގެ އަނބިކަނބަލުންގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ. މީގެ އިތުރުން ޒާކީގެ ދަރިފުޅު ހަމްދާން ޒަކީ އާއި ޖާދުﷲ ޖަމީލު (އަރިއަދޫ ރިސޯޓުގެ މެނޭޖަރު)ގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. އެހުރިހާ ފަރާތްތަކުގެ މައްޗަށްވެސް ކުޑަކަމުދާ ތަކެތި ދޭން އިންކާރުކުރި މައްސަލާގެ އިތުރުން ބަނގުރާ ގެންގުޅެ، އެ ބޭނުންކުރި މައްސަލައަކާއި ބައެއް ބޭފުޅުންގެ މައްޗަށް ކެނެބިހުން މުއާމަލާތްކުރުމުގެ ދައުވާވެސް ދައުލަތުން އުފުލާފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް