ފަހުގެ ޚަބަރު


އިތުރަށް...

ރާއްޖެ ޓީވީ އަދި ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި ރޯކޮށްލި މައްސަލައާ ގުޅިގެން 7 މީހަކާާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި

ލިޔުނީ: Unknown - Thursday, October 31, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރާއްޖެ ޓީވީ އަދި ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައާއި ގުޅިގެން މިހާތަނަށް 7 މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 22 އަހަރުގެ 2 މީހުންނާއި 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 18 އަހަރުގެ 2 މީހެއްގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެކެވެ.

ރާއްޖެ ޓީވީ އަދި ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ. ރާއްޖެ ޓީވީ އަދި ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައާ ގުޅޭ ގޮތުން އެނގިހުރި ހުރިހާ މަޢުލޫމާތުތައް ފުލުހުންގެ ތަޙްޤީޤަށް ފޯރުކޮށްދީ ފުލުހުންގެ ތަޙްޤީޤަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ހުރިހާ ފަރާތްތަކަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.

މި މައްސަލައާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. ރާއްޖޭގެ ރަށަކުން ނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށެއްނަމަ އެރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް އެންގެވުމަށް ފުލުހުން އެދެއެވެ.

މިފަދަ ފަރާތްތަކާއި ބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް