ފަހުގެ ޚަބަރު


އިތުރަށް...

ހުކުމުން ހުވަފަތްވެފައިވާތީ ހުވަފަތް ނުވާކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ

ލިޔުނީ: Unknown - Thursday, October 31, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ސެޕްޓެމްބަރު ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ފިރިމީހާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ފިރިމީހާ ދުނިޔޭގައި އެބަހުރި ކަމަށް ބުނެ އަންހެނަކު ސުޕްރީމް ކޯޓަށް އެކަން އަންގައިފި އެވެ.

ސ. ހުޅޫދޫ، ކަޅުމަގިގެ މަރިޔަމް ޒުބެއިރު މިއަދު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ފިރިމީހާ ދުނިޔޭގައި ހުއްޓައި އޭނާ އަކީ މަރުވެފައިވާ މީހެއް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ނިންމާފައިވާ ކަމަށެވެ.

މަރިޔަމް ޒުބައިރަކީ އެމްޑީޕީ އިސް އެކްޓިވިސްޓެކެވެ.

އެ ނިންމުމުގެ ސަބަބުން ގާނޫނީ ގޮތުން އޭނާ އަކީ ހުވަފަތްވެފައިވާ މީހަކަށް ވެއްޖެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ޓީވީއެމުގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ސުޕްރިމް ކޯޓުގެ ހުކުމުގައި މަރުވެފައި ތިބި ބަޔަކު ވޯޓްލާފައިވާކަމަށް ބުނާ މީހުންގެ ތެރެއިން ބަޔަކު ދިރިތިބިކަން ސާބިތުވީ ފޮރެންސިކް ރިޕޯޓަށް ރިޔާއަތްކޮށް ސުޕްރިމް ކޯޓުން އިންތިހާބު ބާތިލުކުރުމުން އެކަމުގެ ހަގީގަތް ހޯދަން ކުރި މަސައްކަތުން ކަމަށެވެ.

އޭނާ ބުނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ފިރިމީހާ މަރުވެއްޖެ ކަމަށް ކަނޑައަޅާފައި އޮތް ކަން އެނގުނީ އެ ކޯޓުގެ ހުކުމުގައި މަރުވެފައިވާ ކަމަށް ފާހަގަކުރި ބައެއް މީހުން ދުނިޔޭގައި އެބަތިބި ކަމަށް ވިދާޅުވެ އޭނާގެ ފިރިމީހާގެ ނަން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ރޭ ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވުމާ ގުޅިގެން ޗެކްކުރުމުން ކަމަށެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ސެޕްޓެމްބަރު 7 ގައި ބޭއްވި އިންތިހާބު ބާތިލްކުރީ ވަރަށް ހައިރާން ކުރުވަނިވި ގޮތަކަށް ކަމަށެވެ. އެގޮތުން މަރުވެފައިވާ މީހުންގެ ނަމުގައި ވޯޓު ލީ ކަމަށް ބުނެ ސުޕްރީމް ކޯޓުން ފާހަގަކުރި ތިން މީހަކު ދުނިޔޭގައި ތިބި ކަމަށް މިހާތަނަށް ބެލި ބެލުމުން ޔަގީންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ މިސާލު ދެއްކެވުމުގެ ގޮތުން ސ. މަރަދޫ، މުސްކުރާނާގެ މުހައްމަދު އަހުމަދާއި، ހިތަދޫ، ބްލޫރޫމް ފާތިމަތު ދީދީ އަދި މާލޭ ސްވޯޑް މުހައްމަދު ދީދީ ވެސް މަރު ނުވާ ކަމަށް ފުއާދު ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް