ފަހުގެ ޚަބަރު


އިތުރަށް...

ޔާމީން ޓްވިޓާ އެކައުންޓެއް ނުގެންގުޅުއްވާ: ތަރުޖަމާނު

ލިޔުނީ: Unknown - Sunday, October 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ނޮވެމްބަރު 11ގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ އަސްކަރީ ވެރިކަމެއް ގާއިމުކުރަން ގޮވާލައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ކުރައްވާފައިވާ ކަމަށް ބުނާ ޓްވީޓަކީ ސައްހަ ޓްވީޓެއް ނޫން ކަމަށާއި އަދި އޭނާ ޓްވިޓާ އެކައުންޓެއް ނުގެންގުޅުއްވާ ކަމަށް ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒް މިރޭ ވިދާޅުވެއްޖެ އެވެ.

މުއާޒު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ އަސްކަރީ ވެރިކަމެއް ގާއިމް ކުރުމަށް ޔާމީން ގޮވާލެއްވި ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ހަބަރުތަކެއް ކަމަށެވެ. އަދި ޔާމީން އަމިއްލަ ޓްވިޓާ އެކައުންޓެއް ނުގެންގުޅުއްވާ އިރު މީޑިއާ އާ ހިއްސާ ކުރައްވަން ބޭނުންވާ މައުލޫމާތު ވެސް ހާމަކުރައްވަނީ އޭނާގެ ތަރުޖަމާނު މެދުވެރިކުރައްވައި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ޔާމީންގެ ނަމުގައި ހަދާފައިވާ ޓުވިޓާ އެކައުންޓުން މިދިޔަ ހަފުތާގައި ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ ނޮވެމްބަރު 11ގެ ކުރިން އިންތިޚާބެއް ނުބޭއްވިއްޖެ ނަމަ ސިފައިން ވެރިކަމާ ހަވާލުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ނަމަވެސް، އެ ޓްވީޓު މިހާރު ވަނީ އެ އެކައުންޓުން ވެސް ނަގައިފަ އެވެ. އަދި މީގެ ހަ ގަޑިއިރު ކުރިން ކޮށްފައިވާ އެހެން ޓްވީޓެއްގައި ބުނެފައިވަނީ 24 ގަޑިއިރަށް ފަހު އެ އެކައުންޓް ލިބިފައިވާ ކަމަށާއި ކުރިން ކޮށްފައިވާ ދަށު ދަރަޖައިގެ ދެ ޓްވީޓަށް މާފަށް އެދޭ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް