ފަހުގެ ޚަބަރު


އިތުރަށް...

އަސްކަރީވެރިކަމެއް ގެންނަށް ދިރާސާކުރާކަން ހަވާލެއްނުކުރޭ: ޝާހީން

ލިޔުނީ: Unknown - Sunday, October 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖެއަށް އަސްކަރީ ވެރިކަމެއް ގެނައުމަށް ބޭނުންވާ ދިރާސާކުރުމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި ގާނޫނީ ވަކީލު ޝާހީން ހަމީދުއާ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހަވާލުކުރައްވާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ޝާހީން މިރޭ ދޮގުކުރައްވައިފިއެވެ.

އަސްކަރީ ވެރިކަމެއް ގާއިމްކުރުމުގެ ދިރާސާތަކެއް ހެދުމަށް ޝާހީން އާ ހަވާލު ކުރައްވާފައިނުވާކަމަށް ވިދާޅުވެ މިރޭ ބަޔާނެއް ނެރުއްވިއިރު އިރު އަސްކަރިއްޔާ އިން ވެރިކަމާ ހަވާލުވެ 100 ނުވަތަ 180 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވަން ތައްޔާރުވަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުތައް ފަތުރައިފަ އެވެ.

އަޑުތައް ފެތުރިފައިވާގޮތުން މިލިޓަރީ ވެރިކަމެއް ގާއިމުކޮށްފައިވާ ބައެއް ގައުމުތަކުގެ ކަންތައްތައް ދިރާސާކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އެމަސައްކަތަށް 1.7 މިލިއަން ރުފިޔާ އާޒިމާ އާއި ޝާހީންއާ ހަވާލުކޮށްފައިވާކަމުގެ އަޑުތަކެއް ވެސްވަނީ ފެތުރިފައެވެ. ދިރާސާގައި ބަލަން ޖެހޭ ގައުމުތައްކަމަށް ބުނެފައިވާކަމަށް ވަނީ އަސްކަރީވެރިކަން ގާއިމުކޮށްފައިވާ ތައިލެންޑާއި އަލްޖީރިއާ އަދި ފީޖީގައި އެކަން ހިނގި ގޮތެވެ.

ޝާހީނުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ އެފަދަ އެއްވެސްކަމެއްގައި ބައިވެރިވެވަޑައިނުގަންނަވާކަމަށާއި މިހާރު ފަތުރަމުންދާ މައުލޫމާތުތަކުގައި އެއްވެސް އަސްލެއް ހިމެނިފައިނުވާކަމަށެވެ.

ރިޔާސީ އިންތިހާބާބެހޭ ގޮތުން ހިނގަމުންދާ މައްސަލަ އާއި އަދި ވޯޓާ ގުޅިގެން ހިނގަމުންދާ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވާކަމަށާއި އެކަމާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް ގާނޫނީ ލަފާ ދީފައިނުވާނެކަމަށް ޝާހީނުގެ ބަޔާނުގައި ބުނެފައިވެއެވެ.

"އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް އެއްވެސް މަސައްކަތެއް ކުރުމަކީ އެއްވެސް ސިފައެއްގައި އަޅުގަނޑު ބައިވެރިވާނެ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.

ޝާހީން ވިދާޅުވި ގޮތުގައި އޭނާއާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރުމުގެ ބޭނުމަކީ އޭނާއާ މެދު ނަފްރަތު އުފެއްދުމާއި އޭނާގެ ނަން ކިލަނބުކޮށްލުމެވެ. ނަމަވެސް އެކަން އެހެން ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް އޭނާގެ ބަޔާނުގައި އޭނާ ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް