ފަހުގެ ޚަބަރު


އިތުރަށް...

ވޯޓުލާން ރެޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހެނދުނު ހުޅުވާލަނީ

ލިޔުނީ: ޢަލީ ޔާސިރު - Thursday, October 24, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އަންނަ މަހުގެ ނުވަ ވަނަ ދުވަހު އަލުން ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓްލާން ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހެނދުނު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރަކަށް ދާންޖެހިއްޖެނަމަ އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ވޯޓުލާން ރަޖިސްޓްރީ ކުރަން ޖެހޭނީ، މިހާރު ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓު ލާން ބޭނުންވާ ފަރާތަކަށެވެ.

ވޯޓުލާން ރަޖިސްޓްރީވާން އެދޭ ފަރާތްތަކުގެ ފޯމް ބަލައިގަންނާނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 2:30 އިން ފެށިގެން އެ ދުވަހުގެ ރޭގަނޑު 10:00 ޖަހަންދެން ވެސް ފޯމު ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އެ މުއްދަތު ހަމަވުމުން ދެ ވަނަ ބުރަށް ރަޖިސްޓްރީ ކުރުމަށް ވަކި ފުރުސަތެއް ހުޅުވާލުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުޢާދު ތައުފީޤް ވިދާޅުވީ  ރީ-ރެޖިސްޓްރޭޝަންގެ ފޯމްތައް ފުރާއިރުވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތަށް އިނގިލީގެ ނިޝާން ޖަހާނެ ކަމަށާއި އަދި ހެކިންގެ ގޮތުގައި ސޮއިކުރާ ދެމީހުންގެވެސް އިނގިލީގެ ނިޝާން ޖަހާނެ ކަމަށެވެ.

ފުއާދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާއި އެއްގޮތަށް ރިޔާސީ އިންތިޚާބު ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެކޮމިޝަނުން ކުރަމުންދާ ކަމަށާއި، މިހާރުވެސް ކުރެވެމުންދަނީ އެމަސައްކަތް ކަމަށެވެ.

ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބޭއްވުމަށް އަމުރުކޮށް ސުޕްރީމްކޯޓުން އިއްޔރރޭ ނެރުއްވައިފައިވާ އަމުރުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ގައިޑްލައިނާއި އެއްގޮތްވާގޮތުގެ މަތިން އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނާއި، ދިވެހި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށް އަންގާ އަމުރުކުރާކަމަށެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް