ފަހުގެ ޚަބަރު


އިތުރަށް...

ނޮވެމްބަރު 11 އަށް ރައީސަކު އިންތިޚާބު ނުވެއްޖެނަމަ ވެރިކަމުގެ ބާރު މަޖިލީހަށް ލިބޭ ބިލެއް ހުށަހަޅައިފި

ލިޔުނީ: ޢަލީ ޔާސިރު - Thursday, October 24, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިޚާބު ނިމި އަންނަ ނޮވެމްބަރު 11 ވަނަ ދުވަހު އާ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ނުވެއްޖެނަމަ އިންތިގާލީ މަރުހަލާއެއް ގާއިމްކޮށް އެމަރުހަލާގައި ރާއްޖޭގެ ރައީސްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ކަނޑައަޅަން އިންތިގާލީ ބިލެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ އެމްޑީޕީން ހުށަހަޅައިފިއެވެ.

މިބިލް މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރެވެ. މިިބިލަކީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ ނައިބުގެ މަގާމަށް ބޭފުޅަކު އިންތިހާބު ނުކުރެވިއްޖެ ނަމަ އަތުވެދާނޭ “ދުސްތޫރީ އަދި ގާނޫނީ ހުސަކަން” ފޫބެއްދުމަށްޓަކައި ހުށަހަޅާފައިވާ ބިލެއް ކަމަށްވެސް ބިލުގެ ތައާރަފުގައި ބުނެފައިވެއެވެ.

މިބިލުގައި ބުނެފައި ވަނީ 10 ނޮވެމްބަރުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ، ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެކަމާ ހަވާލުވެވެން ނެތް ނަމަ ހަވާލުވާނީ އެމަޖިލީހުގެ ނައިބު ރައީސް ކަމަށާއި ނައިބު ރައީސްއަށްވެސް ހަވާލުވެވެން ނެތް ނަމަ، ވެރިކަމާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ހޮވާ އެމަޖިލީހުގެ މެމްބަރެއް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ މެމްބަރަކު ވެރިކަމާ ހަވާލުވުމަށް ފަހު، ގިނަވެގެން 21 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ، ދެވަނަ ބުރުވެސް ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. 

އަދި އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ނަތީޖާ އިއުލާންކުރާތާ 18 ގަޑިއިރުގެ ތެރޭގައި އަލަށް އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް މަގާމުގެ ހުވާކޮށް، ވެރިކަމާ ހަވާލުވާން ޖެހޭނެ ކަމަށާއި އަދި އަލަށް އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ ދައުރު ގުނަން ފެށޭނީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ދުވަހުން ފެށިގެން ފަސް އަހަރު ކަމަށް ބަލައިގެން ކަމަށްވެސް އެމްޑީޕީގެ ފަރާތުން ހުށަހެޅި އިންތިގާލީ ބިލުގައި ވަނީ ބުނެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް